އަދީބު ފިލި ޓަގްބޯޓުގެ ކެޕްޓަނާއި އިންޖިނިއަރަށް ތިން މަހުގެ ޖަލު ހުކުމެއް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޓަގްބޯޓެއްގައި ފިލައިގެން އިންޑިއާއަށް ދިއުމަށް އެހީތެރިވި މައްސަލާގައި އެ ޓަގްބޯޓުގެ ކެޕްޓަން އަދި އިންޖިނިއަރު ތިން މަހާއި 18 ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ. ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް އަދީބު "ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓުގައި ފިލަން މައްސައްކަތް ކުރަނިކޮށް އިންޑިއާގެ ޓުޓިކޮރިން އިން އަތުލައިގަތީ އޮގަސްޓު އެއްވަނަ ދުވަހު އެވެ. އެމައްސަލާގައި 'ވާގޯ 9' ޓަގް ބޯޓުގެ ކެޕްޓަނާއި ޗީފް އިންޖިނިއަރުގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ އަދީބު ފިލުވަން އެހީތެރިވި ކަމުގެ ތުހުމަތުގަ އެވެ. އެ ދެ މީހުންގެ މައްޗަށް އުފުލީ ގާނޫނު ހިންގަން ހުރަސް އެޅުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާއަށް ދެމީހުންވެސް ވަނީ އިއުތިރާފުވެފަ އެވެ. އެމައްސަލާގައި 'ވާގޯ 9' ޓަގް ބޯޓުގެ ކެޕްޓަނާއި ޗީފް އިންޖިނިއަރުގެ މައްޗަށް ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއ ކްރިމިނަލް ކޯޓުން އިއްވީ މިދިއަ ބުރާސްފަތި ދުވަހު އެވެ. https://sun.mv/124590 ސުޕްރީމް ކޯޓްގެ އަމުރަކަށް ފުރުން މަނާކޮށް، ޕާސްޕޯޓް ހިފަހައްޓާފައި އޮއްވައި، އިންޑީއާގެ ޓުޓްކޮރިން އިން އެ ގައުމުގެ ފުލުހުން ވަނީ އަދީބު ހިފަހައްޓައި އަނބުރާ ރާއްޖެއަށް ފޮނުވާލައިފައެވެ. އެމައްސަލާގައި އަދީބަށްވެސް ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އައިސްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ