މަޖިލީހުގެ ރައީސްގެ އިސްތިއުފާއަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު ގޮވާލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން، މައްޗަން ގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ގޮވާލައްވައިފިއެވެ.މެމްބަރު ނަޝީދު މަޖިލިސް ރައީސްގެ މަގާމުން ރައީސް ނަޝިދު އިސްތިއުފާއަށް ގޮވާލައްވައިފައިވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އެމްޑީއެންއާ ދެކޮޅަށް ބާއްވާ އެއްވުންތަކުގައި ސިވިލް ސަރވަންޓުން ބައިވެރިނުވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި ކަމަށް ލިޔެފައިވާ ހަބަރެއް ހިއްސާ ކުރައްވަމުންނެވެ.އެމްޑީއެންއާ ދެކޮޅަށް ބާއްވާ އެއްވުންތަކުގަ ސިވިލް ސަރވަންޓުން ބައިވެރިނުވުމަށް ރައީސް ނަޝީދު އެދިވަޑައިގެންފި' މިސުރުހީގައިވާ ޚަބަރެއް ޓުވީޓު ކުރައްވަމުން ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު ވިދާޅުވީ، އެމްޑީއެން އަކީ ރައީސް ނަޝީދުގެ އެއްޗެއްކަން މިދަނީ ފެނި ހާމަވަމުން ކަމަށާއި އެމްޑީއެން އިން ރިޕޯޓް ނެރުނީވެސް ރައީސް ނަޝީދު އަޑީގައި ހުރެގެންކަން ޔަގީން ކުރެވިއްޖެ ކަމަށެވެ.
Meena haadha vareh mivanee.. #MDN akee @MohamedNasheed eh cheh kan midhanee feni haama vamun.. Report nerunee ves meenaa adeegai huregen kan 100% yageen kurevijje ... #MDN ah alhaa komme fiyavalheh meenaa ah alhan govaalan adhi majilis Raees kamun isthufaa dhinimah govaalan pic.twitter.com/MOzfjPKAKN— Mohamed Nasheed Abdulla (@MNA_MosTaaA) October 27, 2019
އަދި އެމްޑީއެން އަށް އަޅާ ކޮންމެ ފިޔަވަޅެއް ރައީސް ނަޝީދަށް އެޅުމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން، ރައީސް ނަޝީދު އިސްތިއުފާ ދިނުމަށް ގޮވާލާ ކަމަށް އެޓްވީޓުގައި ވިދާޅުވެފައިވެއެވެ.ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ އެއްވުންތައް ސިފަކުރެއްވީ ހަމަނުޖެހުމަށް ގޮވާލާ އެއްވުންތަކެއްގެ ގޮތުގައެވެ.އެކަމަނާ ވިދާޅުވީ ހަމަނުޖެހުމަށް ގޮވާލާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ނުވުމަށް ސިވިލް ސާވިސް މުވައްޒަފުންނަށް ބާރު އަޅުއްވައި ދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވީ، ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުންނާއިއެކު ބޭއްވެވި ބައްދަލުވުމެއްގައި، އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ސިވިލް ސާވިސް މުވައްޒަފުންނަށް ފުރިހަމަ އަށް ލިބިދޭކަން މަޖިލީހުގެ ރައީސް ފާހަގަ ކުރައްވާ ކަމަށެވެ.އެހެންނަމަވެސް އެފަދަ ހަރަކާތްތަކުގައި ސިވިލް ސާވިސް މުވައްޒަފުން ބައިވެރި ނުވުމަށް ބާރު އެޅުއްވުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންނެވި ކަމަށް ނިއުޝާ ވިދާޅުވިއެވެ.އެމްޑީއެން އިން ނެރުނު ރިޕޯޓާއި ގުޅިގެން ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝިދު ވަނީ މީގެކުރިން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހަޅުއްވައިފައެވެ. ނަވާރަ ވަނަ މަޖިލިސް ފެށުނު ފަހުން މަޖިލީހުގެ ރައީސްގެ އިސްތިއުފާއަށް މެންބަރަކު ގޮވާލެއްވި މިއީ ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ