ހަ ގެއަކާއި ހަތަރު ގުދަނެއްގައި ރޯވެ މިރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑައިލީ ރައްޔިތުންގެ ސަލާމަތީ ކަންކަމަށް ޓަކައި ވަގުތީ ގޮތުން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ހެނވޭރު ހ. ތިލަފުށިގޭގައި ހުރި ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދު ތަކުން ކަރަންޓު ކަނޑާލާފައިވާ ކަމަށާއި އަލުން ކަރަންޓު ދޭނީ އެމްއެންޑީއެފްގެ ފަޔަރ ރެސްކިއު އިން އެކަމަށް ހުއްދަ ދިނުމުން ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މިރޭ 7:25ގައި ހ. ތިލަފުށިގޭގައި ހުރި ގުދަނުގައި ރޯވި އަލިފާންގަޑު ކޮންޓްރޯލް ނުވެ އެސަރަހައްދަށް ފެތުރުމުގެ ސަބަބުން އެ ސަރަހައްދުގެ އިތުރުގެ ތަކެއްގައި ރޯވިއެވެ.
އެގޮތުން ހަ ގެއަކާއި ހަތަރު ގުދަނެއްގައި ރޯވެ އެކަކު ނިޔާވެ 300 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ގެއްލިގެން ހޯދަމުންދިޔަ ތ. ބުރިނިއަށް ނިސްބަތްވާ 49 އަހަރުގެ އާއިޝަތު ޝައުނާކަން "ވަން"އަށް ވަނީ ކަށަވަރުވެފައެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި ޝައުނާ ނިޔާވެފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅޭ އެޕާޓްމަންޓުން ނުނިކުމެވި އެތަނުގެ ތެރޭގައި ވަރަށް ބޮޑަށް ފިހިގެންނެވެ.
ހެންވޭރުގެ ބައެއް ސަރަހައްދުތަކުން މިރޭ ކަރަންޓް ކަނޑައިލީ ސަލާމަތަށްޓަކައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ