އިބްރަތްތެރި މާނަ ފުން މެސެޖަކުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ދިވެހި ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި އެވެ.
ދިވެހިން މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ 53 ވަނަ މިނިވަން ދުވަހާ ގުޅިގެން ގާސިމް އިބްރާހީމް ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވީ އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ އަޅުވެތިކަމާއި، އަނިޔާވެރިކަމާއި، ބޭއިންސާފުގެ ހިޔަ ހާސް ނޭވާއަށް ވުރެ، މިނިވަންކަން ލިބިގެން، އަނިޔާވެރިކަމުން ސަލާމަތްވެގެން، އިންސާފު ލިބިގެން، ބިރުވެރިކަމުން ސަލާމަތްވެ ތިބެގެން، ލެވޭ އެންމެ ނޭވާއެއްގެ އަގު މާބޮޑު ކަމަށެވެ.
ބޭސް ފަރުވާއަށް ޖަރުމަންވިލާތުގައި މިވަގުތު ހުންނެވި ގާސިމް އިބްރާހީމަކީ ގައުމީ މުނާސަބަތު ތަކުގައި އާއި އާންމު ދުވަސްތަކުގައިވެސް ދިވެހި ރައްޔިތުންނަށް ރަނގަޅު ގޮތް ވިސްނައިދީ ރައްޔިތުންގެ ހައްގުތަކަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވާ ސިޔާސީ ލީޑަރެވެ.
ގާސިމް އިބްރާހީމް ދިވެހި ރައްޔިތުންގެ ހައްގުގައި ކުރައްވާ މަސައްކަތްތަކާ ގުޅިގެން މިސަރުކާރާއި މާޒީވެ ދިޔަ ބައެއް ސަރުކާރުތަކުން ވަނީ އެމަނިކުފާނު ޖަލަށްލާ، އެމަނިކުފާނުގެ ވިޔަފާރިއަށް ބޮޑެތި ގެއްލުންތައް ލިބޭ ގޮތަށް ތަފާތު ފިޔަަވަޅުތައް އަޅާފަ އެވެ.
ގާސިމް އިބްރާހީމް ދިވެހި ރައްޔިތުންގެ ހައްގުގައި ކުރައްވާފައިވާ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވާ ދިވެހި ދައުލަތުން ދޭ ޝަރަފުވެރި އެންމެ މަތީ މަގާމުތައް ވެސް އެމަނިކުފާނަށް ލިބިވަޑައިގެންފައިވެ އެވެ.
ގާސިމް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވީ މާނަ ފުން މެސެޖަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ