ރާއްޖޭގެ އެންމެ މަގުބޫލު މެރިން އިންޖީނު ބްރޭންޑްގެ މަގާމު ޑޫސާން ޑައިވޫ އިންޖީނު ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ދިފާއުކޮށްފި އެވެ.
އެންމެ ފަހުން ބޭއްވި ބޯޓިން އެވޯޑުގައި ވީއޭއެމްކޯ އިން އެތެރެކޮށް ވިއްކާ ޑޫސާން ޑައިވޫ އިންޖީނަށް އެވޯޑެއް ލިބުނުއެންމެ މަޤުބޫލު މެރިން އިކުއިޕްމެންޓް ސްޕްލަޔާގެ އެވޯޑު ވެސް އެ ކުންފުންޏަށް ލިބިފައިވެ އެވެ.
ޑޫސާން ޑައިވޫ މެރިން އިންޖީނަކީ ރާއްޖޭގެ 400 އަށްވުރެ ގިނަ އޮޑީގައި ބޭނުންކުރަމުން އަންނަ ގިނަ ދުވަހަށް ގެންގުޅެވޭ، އަގުހެޔޮ، ތެޔޮ ހަރަދު ކުޑަ އަދި ދިވެހިންގެ އިތުބާރު ލިބިފައިވާ އިންޖީނެއްކަމަށް ވީއޭއެމްކޯއިން ބުނެފައިވެ އެވެ. މި އިންޖީގެ 160 ހޯސްޕަވަރުން ފެށިގެން 1200 ހޯސްޕަވަރާ ދެމެދުގެ ލައިޓް، މީޑިއަމް އަދި ހެވީ ޑިއުޓީ ޑޫސާން ޑައިވޫ އިންޖީނު ވީއޭއެމްކޯއިން ދަނީ ފޯރުކޮށްދެމުންނެވެ.
ވީއޭއެމްކޯ ސާވިސް ސެންޓަރުންނާއި ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް އިންޖީނު މަރާމާތުކޮށް ސާވިސްކުރުމުގެ ހިދުމަތްވެސް ދަނީ ފޯރުކޮށްދެމުންނެވެ. މެރިން އިންޖީނުގެ އިތުރުން އޮޑި ދޯނިފަހަރަށް ބޭނުންވާ އެހެނިހެން ސާމާނު އުފައްދާ ގިނަ ބްރޭންޑްތަކެއްގެ އުފެއްދުންތައް ވެސް ވީއޭއެމްކޯ އިން ދަނީ ފޯރުކޮށްދެމުންނެވެ.
މަގުބޫލު އިންޖީނުގެ އެވޯޑް ތިން ވަނަ ފަހަރަށް ޑޫސާން ޑައިވޫއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ