އެމަނިކުފާނު އެދޭ ފަދަ ވެރިކަމެއްގައި ސުޕްރީމް ކޯޓުގައި ހިންގާ ޝަރީއަތްތައް ޓީވީން ވަގުތުން ދެއްކޭނެ ގޮތް ހަމަޖައްސާނެ ކަމަށް ކުރީގެ ބަންޑާރަނައިބް ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
ސުއޫދު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ "އަހަރެމެން އެދޭ ފަދަ ވެރިކަމެއްގައި" ސުޕްރީމް ކޯޓުގައި ހިންގާ ޝަރީއަތްތަކާއި އާންމު މަސްލަހަތުތަކާ ގުޅުންހުރި މައްސަލަތަކުގެ އަޑުއެހުންތައް ޓީވީން ވަގުތުން ދެއްކޭނެ ކަމަށެވެ. ޝަރީއަތް ކުރަންވާނީ ހާމަކަމާއި އަދުލުވެރިކަމާ އެކު ކަމަށްވެސް ކުރިން ފަނޑިޔާރު ކަން ކުރައްވާފައިވާ ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ކުރައްވާފައިވާ އިތުރު ޓްވީޓެއްގައި ވިދާޅުވީ "އަހަރެމެން އެދޭ ފަދަ ވެރިކަމެއްގައި" ރައްޔިތުންގެ މުދަލާއި ވަސީލަތްތައް ވިއްކާ ކުއްޔަށް ދޭނީ އާންމުކޮށް ހުޅުވާލެވޭ ބީލަމެއްގައި އެންމެންނަށް ފުރުސަތު ލިބޭ ގޮތަށް ކަމަށެވެ. އަދި އެކަން ކުރާނީ އދގެ ނޫނީ ވޯލްޑްބޭންކްގެ ކަމާ ބެހޭ އެޑްވައިޒަރެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ކޮމިޓީއަކުން ކަމަށްވެސް ވިދާޅުވި އެވެ.
ޝަރުއީ ދާއިރާއާއި ސަރުކާރުގެ ތެރޭގައި ހުރި މައްސަލަތައް ފާހަގަކޮށް ސުއޫދު ގެންދަވަނީ އެމަނިކުފާނުގެ ހިޔާލުތައް ސޯޝަލް މީޑިއާގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ހިއްސާކުރައްވަމުންނެވެ. އެގޮތުން ފުލުހުންގެ ތަހުގީގުތަކަށާއި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭގޮތުންނާއި އަދި ޝަރުއީ ކޯޓުތަކުގައި މައްސަލަތައް ކުރިއަށް ގެންދިއުމުގައި އަމަލުކުރަންވީ ގޮތްތަކުގެ މައްޗަށް ސުއޫދު ގެންދަވަނީ ވާހަކަދައްކަވަމުންނެވެ.
އެމްޑީޕީގެ ޖަޒީރާ ރާއްޖެ ކެންޕޭނަށް މާލޭގައި ތައްޔާރުކޮށްފައިވާ އައްޑޫ ސިޓީގެ ޖަގަހަ ހުޅުވުމަށް މިދިޔަ ހަފްތާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައިވެސް ސުއޫދު ވަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ސުއޫދު ވިދާޅުވީ މި ސަރުކާރަށް އިތުރު ފުރުސަތެއްދީ، ރައީސް އަބްދުﷲ ޔާމީން އައު ދައުރަކަށް އިންތިޚާބުކޮށްފިނަމަ ރާއްޖޭގެ ހާލަތު ދުވަހަކުވެސް ރަނގަޅު ނުކުރެވޭ ހާލަތަށް ގޯސްވެގެން ދާނެ ކަމަށެވެ.
އަޅުގަނޑުމެން އެދޭ ވެރިކަމެއްގައި ސުޕްރީމް ކޯޓުގައި ހިންގާ ޝަރީއަތްތައް ޓީވީން ވަގުތުން ދައްކާނެ: ސުއޫދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ