ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރެރިޒަމްގެ ދައުވާގެ ތެރެއަށް "އަތް ބޭނޭނަމަ ބާނައިގެން ހުއްޓުވާނެ" ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ދިޓީވީ ހަބަރުތެރެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ، ނާޒިމް އަކީ ދިމާވި ބޮޑެތި ކަންތައްތަކުގައި އަގުހުރި ހިދުމަތްތަކެއް ކޮށްދީފައިވާ ބޭފުޅެއް ކަމަށާއި، އެއީ "ހީރޯ" އެއް ކަމަށެވެ.
އެހެން ނަމަވެސް ނާޒިމްއާ މެދު ފުލުހުން އަމަލުކޮށްފައިވަނީ، އޭރު ލިބުނު މައުލޫމާތުތަކުގެ މައްޗަށް ބަލައިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑަށް އަތް ބޭނޭނަމަ ބާނައިގެން ހުއްޓުވާނަން. ފަހުން ފުލުހުން އެކްޓްކޮށްފައިވަނީ ލިބުނު މައުލޫމާތުތަކުގެ މައްޗަށް. އެއްގޮތަކަށް ވެސް އަޅުގަނޑަށް އެނގިފައެއް ނެތް. އެއީ ފުލުހުންނަށް އަމުކުރުމުގެ ބާރު އަޅުގަނޑަށް ނޯންނާތީ" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ޝަރުއީ މަރުހަލައިގެ 3 ކޯޓުން ވެސް އެކަމުގައި ފުލުހުންގެ ފަރާތުން ގޯހެއް އުޅޭކަން އެނގިއްޖެނަމަ "އަޅުގަނޑުމެންގެ ފަރާތުން" ބަލާނެ ކަމަށެވެ.
އަދި އުއްމީދުކުރަނީ ނާޒިމްގެ ޝަރީއަތް އިންސާފާ އަދުލުވެރިކަމާއެކު ނިމިގެންދިޔުން ކަމަށް ވިދާޅުވި އެވެ.
"މިހާރު އޮތް ނިޒާމުގެ ތެރެއިން އޭނާގެ މައްޗަށް ކުށް ސާބިތުވޭތޯ ނޫންތޯ ނިމިގެންދާނެ. އެހެންވީމަ މި ޝަރީއަތް ވެސް އެހެން ޝަރީއަތްތަށް ވެސް ކުރިއަށްދާް ދޫކޮށްލުން ސަރުކާރުގެ ބޭނުމަކީ" އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ "އަޅުގަނޑުގެ އުއްމީދަކީ އަދި ދުއާ އަކީ ވެސް ނާޒިމަށް އިންސާފު ލިބުން" ކަމަށެވެ.
ނާޒިމްގެ ޝަރީއަތަށް އަތްބޭނޭ ނަމަ ބާނައިގެން ހުއްޓުވާނަން - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ