މެންޗެސްޓާ ސިޓީގެ ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅުކުޅުމެއް މިހާރު ފެންނަމުންދާ ކަމަށާއި އެހެންކަމުން އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ތިނެއްގައި ދެމިއޮތުމަށް ޓީމަށް އާހިތްވަރެއް ލިބިއްޖެ ކަމަށް އެޓީމުގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ލީގުގައި ރޭ ސަންޑަލެންޑް އަތުން 2-0 ލަނޑުން ސިޓީ މޮޅުވި މެޗަށްފަހު ކޯޗް ގާޑިއޯލާ ބުނީ، މެޗަކަށް ފަހު މެޗެއް ސިޓީން އަންނަނީ ރަނގަޅު ކުރަމުން ކަމަށެވެ. އެހެން ކަމުން ލީގުގެ ގަދަ ތިނެއްގައި ދެމިއޮތުމަށް ސިޓީއިން މިހާރު ކުރަމުންމިދާ މަސައްކަތައް އާހިތްވަރެއް ލިބިއްޖެ ކަމަށެވެ.
"ރޭގެ މެޗުގައި އަހަރެންގެ ޓީމުގެ ފަރާތުން ތަފާތު މޮޅުކުޅުމެއް ފެނުނު. ރޭގެ މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާމެދު އަހަރެން ހިތްހަމަ ޖެހޭ. މެޗަކަށް ފަހު މެޗެއް މި ޓީމު ދަނީ ރަނގަޅުކުރަމުން. މިމެޗުން މޮޅުވުމުން ޓީމް މިވަނީ ލީގް ތާވަލްގެ ތިން ވަނަ މަގާމަށް ކުރިއަށް ޖެހިލައިފަ،" ގާޑިއޯލާ ބުންޏެވެ.
ރޭގެ މެޗުގައި ސިޓީގެ ލަނޑުތައް އެޓީމަށް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ ސާޖިއޯ އަގުއޭރޯ އާއި ލިރޯއީ ސާނޭ އެވެ.
ރޭގެ މޮޅާއެކު ސިޓީ ލީގްގެ ތިން ވަނަ މަގާމްގައި އޮތީ ކުޅުނު 26 މެޗުން 55 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ ދެ ވަނަ މަގާމްގައި އޮތީ ސިޓީއަށް ވުރެ އެއްމެޗް އިތުރަށް ކުޅުނު ޓޮޓެންހަމްއެވެ. އެޓީމް ދެ ވަނަ މަގާމްގައި އޮތީ 27 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ. އަދި ލީގުގެ ހަތަރު ވަނަ މަގާމްގައި މިވަގުތު އޮތީ 27 މެޗުން 52 ޕޮއިންޓް ހޯދައިގެން ލިވަޕޫލްއެވެ. ލީގުގެ އެއް ވަނަ މަގާމްގައި 26 މެޗުން 63 ޕޮއިންޓް ހޯދައިގެން އޮތީ ޗެލްސީއެވެ.
ލީގުގެ ގަދަ ތިނެއްގައި ދެމިއޮތުމަށް އާހިތްވަރެއް ލިބިއްޖެ: ގާޑިއޯލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ