ނަރަކައިން ސަލާމަތްވުމަށް ކޮންމެ މީހަކަށްވެސް ކުރެވދާނެ 7 ކަމަކާ އެއްގޮތަކަށްވެސް ކޮށްގެން ނުވާނެ ކަމެއް!

ކޮންމެ މީހަކަށްވެސް އެންމެ ފައިދާކުރާނެ ކަމަކީ މަރާއި އަދި ނަރަކަ އާއި ސުވަރުގެއާއިމެދު ވިސްނުމެވެ. ނަމަވެސް އެކަން މިހާރުކުރެވެނީ ވަރަށް މަދު މީހަކަށެވެ. މިއީ މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ.
ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ބޭނުންވާނީ ނަރަކައިން ސަލާމަތްވުމެވެ. ނަރަކައިން ސަލާމަތްވެވިއްޖެނަމަ އެމީހަކަށް ސުވަރުގެ ޔަޤީންވީއެވެ. ވީމާ މިފާހަގަކޮށްލަނީ ނަރަކައިން ސަލާމަތްވުމަށް ކޮންމެ މީހަކަށްވެސް ކުރެވދާނެ 7 ކަމެކެވެ.
1 ﷲ ތަޢާލާއަށް އީމާންވުމާއި ރަސޫލް ﷺ ގެ ރަސޫލްކަން ޤަބޫލުކުރުން 2 އެހެން މީހުންނަށް ހެޔޮކޮށް ހިތުމާއި އެހީތެރިވުން 3 ފަރުޟު ނަމާދުތައް ފުރިހަމައަށް އަދާކުރުން 4 ﷲ ތަޢާލާއަށް ބިރުވެތިވެ ލޮލުން ކަރުނައެޅުން 5 ގިނަގިނައިން ރޯދަހިފުން 6 ވެވުނުވަރަކުން ޞަދަޤާތްކުރުން 7 ނަރަކައިން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރުން
މިކަންކަމުގެ ތެރެއިން ޞަދަޤާތްކުރުމަށްބަލާއިރު އެއި ކޮންމެހެން މުއްސަނދިންނަށް ކުރެވޭނެ ކަމެއް ނޫނެވެ. މީސްތަކުންނަށް ހިނިތުންވުމާއި އެހެން މީހުންނަށް ކަންކަމުގައި އެހީތެރިވުމަކީވެސް ޞަދަޤާތްކުރުމެވެ. އަދި ޞަދަޤާތްކުރަންޖެހޭނީ ގިނަ އަދަދެއްގެ ފައިސާ ނުވަތަ ތަކެތި ކަމަކަށްވެސް ނެތެވެ.
ޙަދީޘްފުޅުގައި އޮތީ ނަރަކައިން ސަލާމަތްވުމަށް އެދޭމީހާ ކަދުރުއޮށެއްގެ ފަޅިއަކުން ނަމަވެސް ޞަދަޤާތްކުރުމަށެވެ.
ދެން އޮތީ އެއްގޮތަކަށްވެސް ކޮށްގެން ނުވާނެ އެންމެ ކަމެއްގެ ވާހަކައެވެ. އެއީ ކިތަންމެ ކުޑަކަމެއްގައި ނަމަވެސް އެހެން މީހެއްގެ ޙައްޤަކަށް އަރައި ނުގަތުމެވެ. އެހެނީ އެއްވެސް މީހެއްގެ ޙައްޤަކަށް އަރައިގެންފިނަމަ އެކަމުގެ ފާފަ ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނީ އެމީހަކު އެކަމަށް މާފުކުރުމުންނެވެ. ނޫންނަމަ ޖެހޭނީ ބަދަލުދޭށެވެ! ވީމާ އެންމެ ނުރައްކައުތެރިކަންބޮޑު ފާފައަކީ މީހެއްގެ ޙައްޤަކަށް އެއްވެސް ސިފައެއްގައި އަރައިގަތުމެވެ.
 
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ