އީދުގެ އުފަލުގައި މިއަދު ހަވީރު ވިލިމާލޭގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މި ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 އިން 18:00 އަށް ވިލިމާލެ ބޯޅަ ދަނޑުގައެވެ.
"ވަގުތު"އަށް މައުލޫމާތު ދެއްވަމުން ޔޫތު މިނިސްޓްރީގެ ވިލިމާލެ ކޯޓިނޭޓަރު އިސްމާއިލް މުހައްމަދު ވިދާޅުވީ މި ސްޓޯލް ތަކުން ކުރިއަށް ގެންދާ ގޭމް ތަކުގައި ބައިވެރިވާ ކުދިންނަށް ހަދިޔާއެއް ވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މާލެ އޭރިއާގެ އެކިއެކި ޖަމިއްޔާތަކާއި މުއައްސަސާ ތަކުގެ ސްޓޯލްތައް މިއަދު އޮންނަ ކުޑަކުދިންގެ ހަވީރުގައި ބައިވެރިކުރުމަށް ހަމަޖެހިފައިވާއިރު، މިއީ ކޮންމެ އަހަރުކުވެސް ބޮޑު އީދާއި ގުޅިގެން ވިލިމާލޭގައި ބާއްވަމުން އަންނަ ކުޑަކުދިންގެ ހަވީރެއްކަން ފާހަގަކުރެވެއެވެ.
މި ކުޑަކުދިން ހަވީރު އިންތިޒާމް ކުރުމުގައި އިސްކޮށް އުޅޭ ފަަރާތަކުން "ވަގުތު"އަށް މައުލޫމާތު ދެމުން ވިދާޅުވީ މިކަމަށް މިހާރުވެސް ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބެމުން ދާ ކަމަށާއި މިހާރުވެސް ތައްޔާރީތައް ވަމުންދާ ކަމަށެވެ.
އީދާއި ގުޅިގެން އިއްޔެ ހަވީރު ވިލިމާލޭގައި މާލި ޕެރޭޑެއްވެސް ކުރިއަށް ގެންގޮސްފައިވާއިރު، އެ މާލި ޕެރޭޑް ބަލާލުމަށްވެސް ވިލިމާލެ ގިނަ ބަޔަކު ވަނީ މަގުތައް މަށްޗައް ނިކުމެފައެވެ.
މިއަދު ހަވީރު ވިލިމާލޭގައި ކުޑަކުދިންގެ ހަވީރެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ