ރޭތައް އިހްޔާކުރުމުގެ ޕްރޮގްރާމް މައުމޫން ފައުންޑޭޝަނުން މިއަހަރު ނުބާއްވާނެ

ރަމަޟާން މަހުގެ ރޭތަށް އިޙްޔާ ކުރުމުގެ ގޮތުން މައުމޫން ފައުންޑޭޝަނުން ކުރިއަށް ގެންދާ ޕްރޮގްރާމް މިއަހަރު ނޯންނާނެ ކަމަށް އެ ފައުންޑޭޝަނުން ބުނެފިއެވެ. ގުރުއާން ކިޔެވުމާއި ދީނީ ނަސޭހަތް ދިނުމުުގެ މައްޗަށް ބިނާކޮށް، ކުރިޔަށް ގެންދާ އެ ޕްރޮގްރާމަކީ ދީނަށް ހޭލުންތެރި ކުރުމުގެ ގޮތުން ރޯދަމަހަށް ހާއްސަ ކޮށްގެން ކުރިޔައްށް ގެންދާ ޕްރޮގްރާމު ތަކެކެވެ. ނަމަވެސް އެ ފައުންޑޭޝަންގެ ޗެއާމަން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް އާއިލީ ބޭނުންފުޅެއްގައި މިވަގުތު ރާއްޖެއިން ބޭރުގައި ހުންނަވަން ޖެހިވަޑައިގަތުމުގެ ސަބަބުން މިއަހަރުގެ ޕްރޮގްރާމު ބޭއްވެން ނެތް ވާހަކަ މިއަދު މައުމޫން ފައުންޑޭޝަނުން ވަނީ އިއުލާނު ކޮށްފައެވެ. ރޭތައް އިޙްޔާ ކުރުމުގެ ޕްރޮގްރާމަކީ އާދައިގެ މަތިން ކޮންމެ ރޯދަމަހެއްގައިވެސް މައުމޫން ފައުންޑޭޝަން އުފެދުނު ފަހުން އެ ފައުންޑޭޝަނުން އިސްނަގައިގެން ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ