ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރުތައް އިޔާދަކޮށްދީފި

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ގަރާރުން ހިފެހެއްޓި ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ނ) އިޔާދަކޮށްފިއެވެ. އެ މާއްދާގައި ބަޔާންކުރަނީ ސުޕްރީމް ކޯޓަށް ލިބިފައިވާ ބާރެކެވެ. އެހެން ނަމަވެސް މިއަދު ރައީސް އޮފީހުން ބުނީ، އެ މާއްދާއަށް އަމަލުކުރުން ހިފެހެއްޓި ހިފެހެއްޓުން ނިމުމަކަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ކަމަށެވެ. ގާނޫނު އަސާސީގެ 145 ވަނަ މާއްދާއަކީ ސުޕްރީމް ކޯޓާ ބެހޭ މާއްދާއެކެވެ. އެ މާއްދާގެ (ނ) ގައި ބުނެފައިވަނީ، ގާނޫނު އަސާސީއާއި ގާނޫނު މާނަކުރުމާއި، ޝަރީޢަތުން ބަލައި އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށެވެ. މިއީ ކުއްލި ނުރައްކަލުގެ ހާލަތަށް ގެނައި ދެވަނަ އިސްލާހެވެ. އެ ގަރާރަށް ފުރަތަމަ އިސްލާހުވެސް ގެނެސްފައިވަނީ މިއަދުއެވެ. ފުރަތަމަ އިސްލާހުން ވަނީ މާއްދާއެއް ހިފަހައްޓައިފައެވެ. އެއީ ގާނޫނު އަސާސީގެ 48 ވަނަ މާއްދާގެ (ހ)، (ނ) އަރި (ރ)އެވެ. އެއީ ހައްޔަރު ކުރެވޭ މީހުންނާއި ބަންދު ކުރެވޭ މީހުންގެ ހައްގުތަކުގެ ގޮތުގައި ބަޔާން ކޮށްފައިވާ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ފިޔަވައި އެހެން ހުރިހާ ހައްގުތަކެވެ. ބަންދުގައި ތިބޭ މީހުންގެ ގިނަ ހައްގުތަކެއް ވަނީ ހިފަހައްޓާފައި އެ ހައްގުތައް ހިފެހެއްޓުމާއެކު ހައްޔަރުކުރެވުނު ސަބަބު ވަގުތުން އެ މީހަކަށް އަންގާކަށް ނުޖެހޭނެ. އަދި ގިނަވެގެން ސައުވީސް ގަޑިއިރުގެ ތެރޭގައި ހައްޔަރު ކުރެވުނު ސަބަބު ލިޔުމުން އެމީހަކަށް އަންގާކަށް ނުޖެހޭނެ. ހަނުހުރުމުގެ ހައްގު ވަނީ ނިގުޅައިގެންފަ. ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ ބަންދުކޮށްފައި ވަނީ ގާނޫނުގެ މަތިންތޯ ކަނޑައެޅުމަށް، އެ މީހަކު ހައްޔަރު ކުރެވުނުތާ ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާކަށް ނުޖެހޭނެ. ޝަރުތުތަކާއެކު ނުވަތަ ޝަރުތާކާ ނުލައި އެ މީހަކު ދޫކޮށްލުމަށް ނުވަތަ ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަކަށް ލިބިގެންނުވޭ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ