މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ، އެހެނަސް އުތުރުގެ ކަނޑުތައް ގަދަވާނެ: މެޓް

ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވި ނަމަވެސް، ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ޢާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސާވިސް (މެޓް) އިން ހާމަކޮށްފިއެވެ.
މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އާއި ހަމައަށް މޫސުން ލަފާކުރާގޮތް ހާމަކޮށް މެޓް އޮފީހުން ބުނީ، ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް އާންމުކޮށް މުޅި ރާއްޖެއަށްވެސް މޫސުން ރަނގަޅުވާނެ ކަމަށެވެ.
އެ އޮފީހުން ބުނީ، ދެކުނު އަތޮޅުތަކަށް ދެކުނާއި ހުޅަގުދެކުނުން ގަޑިއަކު 3 މޭލާ 10 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކަށް ހުޅަގުދެކުނާއި ހުޅަގުން ގަޑިއަކު 8 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
އަދި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި މެދުތެރެއާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ