ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެނޑިޑޭޓަކު ނެރޭނަމަ އެކަން އެންމެ ޙައްޤުކަން ބޮޑީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމަށްކަމަށް އެޕާޓީއަށް މިއަދު ސޮއިކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.
މިއަދު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވުމަށްފަހު ދެއްވި ބަޔާނުގައި އުމަރު ވިދާޅުވީ ޖޭޕީން ވަކިން ރިޔާސީ އިންތިޚާބުގައި ވާދަކުރި ނަމަވެސް ނުވަތަ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓެއް ނެރުނު ނަމަވެސް އެ ކެންޑިޑޭޓަކަށް ވާން ޖެހޭނީ ގާސިމް ކަމަށެވެ.
ކޯލިޝަނާ އެކު މަސައްކަތް ކުރަން ޖެހުނު ނަމަވެސް މަސައްކަތް ކުރައްވަން ހުންނެވި ކަމަށް އުމަރު މިއަދު ވިދާޅުވި އެވެ.
ޖޭޕީ ރާއްޖޭގެ އެއްވަނަ ޕާޓީއަށް ހެދުމަ ބެހޭ ގޮތުންވެސް އުމަރު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ތިން ވަނަ ޕާޓީއެއްގެ ގޮތުގައި ޖޭޕީ އޮންނަތާ ލައްކަ ޒަމާން ވެއްޖެ ކަމަށާއި މިއީ އިތުރު އިންޖީނުތައް އަޅައި ކުރިއަށް ޖެހިލަންވީ ވަގުތު ކަމަށެވެ.
އެހެން ޕާޓީތައް ވެރިކަމަށް ގެނައުމަށް ވޭތުވެ ދިޔަ ނުވަ އަހަރު ޖޭޕީ ކޮށްފައިވަނީ ވަރަށް ހިތި ތަޖުރިބާއެއް ކަން ފަހަގަކޮށް އުމަރު ވިދާޅުވީ ދެ އެ ހިތި ތަޖުރިބާ ތަކުރާރުކުރަން ބޭނުން ނުވާ ކަމަށެވެ.
މީޑިއާތަކާ އުމަރު ވާހަކަދެއްކުމަށްފަހު ނޫސްވެރިން ސުވާލުކުރަން އެދުމުން އޭނާ ވަނީ އެކަމަށް އިންކާރުކުރައްވާފައެވެ.
މަޢުލޫމާތު ލިބޭގޮތުގައި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މެދުގައި އެއް ކެނޑިޑޭޓަކު ނެރުމާ ގުޅޭގޮތުން ޚިޔާލު ތަފާތުވުން އުފެދި މިހާރު ވަނީ ބައިބައި ވެފައެވެ.
"އިދިކޮޅު ހުރިހާ ޕާޓީތަކުން ތާޢީދުކޮށް ނެރެންޖެހޭނީ ޤާސިމް" - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ