ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބިގެންދާނީ އދ. މާމިގިލިން ކަމަށް، ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތް ތަކުން ރޭ މާމިގިލީގައި ބޭއްވި ޖަލްސާގައި، މިވަގުތު ޖަރުމަނުވިލާތުން ހިމާޔަތް ހޯއްދަވައިގެން ހުންނެވި ގާސިމް ވިދާޅުވީ އަގުބޮޑެތި މަޝްރޫއުތައް ހިންގަމުންދަނީ ދެފުށްފެންނަ ގޮތައް ނޫން ކޮރަޕްޝަނުގެ އަމަލުތަކަށް ވެސް ރައީސް އަބްދުﷲ ޔާމިން އަމިއްލަފުޅަށް އިއުތިރާފުވަމުންދާ ކަމަށެވެ.
" އިބޫއަށް ވޯޓުލާން ޖެހެނީ އަނިޔާވެރިކަމާއި ފިތުނަ އާއި ކޮރަޕްޝަނުން ސަލާމަތްވުމަށް , އިބޫއަށް ވޯޓުލާން ރައްޔިތުން ތިބީ ތައްޔާރަށް ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަކީ ވެރިމީހާގެ ހެޔޮކަމުން ކޮށްދޭ ކަމެއް ނޫން ހެޔޮކަމުން ކޮށްދޭ ކަމަކަށްވާނީ އަމިއްލަ ފައިސާއިން ކޮށްދޭ ކަންތައް " ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅިވީ ރައީސް ޔާމީންގެ ސަރުކާރުގައި ކޮރަޕްޝަން އޮތް މިންވަރު އިންތިހާއަށް ގޮސްފައިވާކަމަށާއި ނަމަވެސް އެ މައްސަލަތައް ނުބެލޭ ކަމަށެވެ.
ގާސިމް ވިދާޅުވީ ގާނޫނުއަސާސީގެ ކުރިމަތީގައި އެންމެން ވެސް ހަމަހަމަ ކަމަށާއި ދައުލަތަށް ޚިޔާނާތްތެރިވެފައިވާ މީހަކަށް ދީނުގެ ހަމަތަކުން ބަލާއިރުވެސް ވެރިކަމަށް ނާދެވޭނެ ކަަމަށެވެ.
ރައީސް ޔާމީން ވަނީ ދައުލަތުގެ މުދަލަތަށް ޚިޔާނާތްތެރިވެފައިވާ ކަމަށް އަމިއްލަފުޅަށް އިއުތިރާފުވެފައި އެހެންކަމުން އެމަނިކުފާނުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނާނީ ކިހިނެއްތޯ " ގާސިމް ސުވާލު އުފެއްދެވިއެވެ.
މި ޖަލްސާގައި އިންތިހަބާ ދިމާކޮށް އައިޑެންޓިޓީ ކާޑު ގަތުމާއި އެހެނިހެން ކަންކަން ހިންގަމުން ދިޔަ ނަމަވެސް އެކަން ކަމަށް އިޖާބަނުދިނުމަށް ގާސިމް ގޮވާލެއްވި އެވެ.
އިންތިހާބުގައި އެންމެ ގިނަ ވޯޓު އިދިކޮޅަށް ލިބޭނީ މާމިގިލިން - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ