ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން މިއަދު ކަނޑައެޅި ދެ މެމްބަރުން ކަމަށްވާ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ މުހައްމަދު (އަބުޅޯ)އާއި މައްޗަށްގޯޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނު ވަރަށް އަވަހަށް ޕާޓީއަކާއި ގުޅޭނެ ކަމަށް އެދެ މެމްބަރުން ވިދާޅުވެއްޖެއެވެ.
މިދެ ބޭފުޅުންގެ ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން ނިންމުމާއި ގުޅިގެން ސްޕްރީމް ކޯޓު ބޭރުގައި ހުންނަވައި މެމްބަރު އަބުޅޯ ވިދާޅުވީ މިވަގުތު އަމިއްލަ މެމްބަރެއްގެ ގޮތުގައި ހުންނެވި ނަމަވެސް ވަރަސް އަވަހަށް ސިޔާސީ ޕާޓީއަކާއި ގުޅެނެ ކަމަށެވެ. އެހެން ނަމަވެސް ގުޅޭނީ ޕާޓިއެއް އަދި ނިންމާފައި ނުވާ ކަމަށް އަބުޅޯ ވިދާޅުވިއެވެ.
ސިނާނު ވިދާޅުވީ ޕާޓިއަކާއި ގުޅުމާމެދު ވަރަށް އަވަަހަށް ގޮތެއް ނިންމަވާނެ ކަމަށައި އެހެން ނަމަވެސް އިސްކަން ދެއްވާނީ އިސްލާހީ މަސައްކަތައް ބުރޫ ނާރާނެ ގޮތަކަށް ކަމަށެވެ.
އަބްދުﷲ އާއި ސިނާނަކީވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލާގައި ސޮއިކުރުމާއެކު އޭރު ސްޕްރީމް ކޯތުން ނެރުނު އަމުރެއްގެ މައްޗަށް ބިނާކޮށް އިލެކްޝަނުން ގޮނޑި ގެއްލުވާލި 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ދެ ބޭފުޅުންނެވެ.
މި 12 މެމްބަރުންގެ ތެރެއިން 6 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމް ކޯތުން މިހާރު ވަނީ ނިންމާފައެވެ. އަދި އިތުރު ދެ ބޭފުޅުންގެ ގޮނޑިއާމެދު ގޮތެއް ނިންމުންވެސް މިއަދަށް ވަނީ ސްޕްރީމް ކޯޓުގައި ތާވަލްކޮށްފައެވެ.
މެމްބަރު އަބްދުﷲއާއި ސިނާނު ޕާޓީއަކާއި ގުޅެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ