ޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތް ކުރަމުން ދިޔަ މ. ނަލަހިޔާގެ އިމާރާތުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ނިޔާވި ބަންގްލަދޭޝްގެ އަންހެން ކުއްޖާގެ އާއިލާއާ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައްދަލު ކުރައްވައިފިއެވެ.
އުމުރުން އަށް އަހަރުގައި ނިޔާވި އެ ކުއްޖާގެ އާއިލާއާ މައުމޫން ބައްދަލު ކުރައްވަނިކޮށް ނަގާފައިވާ ފޮޓޯއެއް ޓްވިޓާ މެދުވެރިކޮށް ހިއްސާ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެ ކުއްޖާ ނިޔާވި ހަބަރު އަޑު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށެވެ. އެ ކަމުގެ ހަމްދަރުދީ ފާޅު ކުރައްވަމުން މައުމޫން ވަނީ އެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.
އިއްޔެ ހިނގި ހާދިސާއިން އަނިޔާވެގެން މިއަދު ނިޔާވި ކުއްޖަކީ ފ. އަތޮޅުގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުންދާ ބަންގްލަދޭޝް ޑޮކްޓަރެއްގެ ދަރިއެކެވެ. އެ ކުއްޖާގެ އާއިލާއާކު އުޅެމުން ދިޔައީ އެ އަތޮޅުގައެވެ. އާއިލާއާއެކު މާލެ އައިސް އުޅުނީ ޗުއްޓީ ހޭދަކޮށްލުމަށެވެ.
އެ ހާދިސާއާ ގުޅިގެން މާލޭގެ ކޮންސްޓްރަކްޝަން ސައިޓްތަކުގެ އިންސްޕެކްޝަން ކުރިއަށް ގެންދަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަމުރު ކުރެއްވުމުން، އެ މަސައްކަތް މިއަދު ހަވީރު ވަނީ ފަށާފައެވެ.
ނިޔާވި ކުއްޖާގެ އާއިލާއާ މައުމޫން ބައްދަލު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ