މަޖިލީސް އިންތިހާބާ ގުޅޭގޮތުން ގާސިމް، އިނގިރޭސި ސަފީރާ މަޝްވަރާ ކޮށްފި

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭގޮތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު, ޖޭމްސް ޑޯރިސްއާ މިއަދު މަޝްވަރާ ކުރައްވައިފިއެވެ.
މަޖިލީހުން ބުނީ އިންތިހާބާ ގުޅޭގޮތުން މަޝްވަރާ ކުރީ ސަފީރު މިއަދު މަޖިލީހަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން ކަމަށެވެ.
މި ޒިޔާރަތުގެ ތެރެއިން ބޭއްވި ބައްދަލުވުމުގައި، ރާއްޖެއާ އިނގިރޭސިވިލާތާ ދެމެދު އޮންނަ ގާތް ގުޅުންތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. އަދި ރާއްޖޭގައި އިނގިރޭސިވިލާތުގެ އެމްބަސީއެއް ހުޅުވަން ކުރާ މަސައްކަތަށް ގާސިމް ވަނީ މަރުހަބާ ވިދާޅުވެފައެވެ.
ގާސިމް ވަނީ މިހާރު ހިނގާ 18 ވަނަ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ވެސް ސަފީރަށް މައުލޫމާތު ދެއްވާފައެވެ.
އެގޮތުން ރާއްޖޭގައި އިނގިރޭސިވިލާތުގެ އެމްބަސީއެއް ހުޅުވުމުން، ދިވެހިންނަށް ބޮޑެތި ފަސޭހަތަކެއްލިބިގެންދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
މަޖިލިސް އިންތިޚާބުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ވަމުުން އަންނައިރު ވަރަށް ގިނަ ބަޔަކު މިހާރު ގެންދަނީ މަޖިލިސް އިންތިޚާބަށް ކެމްޕޭން ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ