ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަޑައިގެންނެވި ނަމަވެސް އެމަނިކުފާނާއެކުވެސް ވާހަކަ ދައްކައިގެން ރައްޔިތުންގެ މަޖިލީހަށް ނިކުންނަވަން ތައްޔާރަށް ހުންނެވި ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރޭ ޖުމްހޫރީ ޕާޓީ ހަރުގޭގައި އޮތް ހަފްލާއެއްގައި ރައީސް ޔާމީނާއެކު ވާހަކަ ދައްކަވާނެތޯ ކުރި ސުވާލަށް ގާސިމް ވިދާޅުވީ އެ މަނިކުފާނުގެ ޕާޓީ އޮތީ ހުރިހާ ބަޔަކާ އެކުގައި ވެސް ވާހަކަ ދައްކަން ތައްޔާރަށް ކަމަށެވެ.
"ވަރަށް ސާފުކޮށް މިދަންނަވަނީ ކޮންމެ މީހަކާ އެކުގައި ވެސް ވާހަކަ ދައްކަން ތައްޔާރަށް އޮތީ، ގާނޫނު ހުއްދަ ކުރަ ބައެއް ނަމަ މަޖިލިސްއަށް އެކުގައި ކުރިމަތިލައިގެން އެކުވެރިކަމާއެކު މަސައްކަތް ކުރުމުގެ މާހައުލެއް ހޯދަން ތައްޔާރަށް މިއޮތީ." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރައީސް ޔާމީނާއެކު އޮތް ގުޅުން ކެނޑުނު ޔާމީނާއެކު އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާނެ ކަމަށާއި އަދި ބައްދަލުވެސް ކުރައްވާފައި ނުވާ ކަމަށެވެ. ނަމަވެސް ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވަމުން ގެންދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީން ވަނީ ޖޭޕީއާއެކު މަޝްވަރާކުރަން ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ.
ވެރިކަން ކުރާ ކޯލިޝަނުގެ އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ ޖޭޕީއާއި އެމްޑީޕީ މެދުގައި ހިޔާލު ތަފާތުވެފައި ވަނީ ރައްޔިތުނެގް މަޖިލީހުގެ އިންތިހާބަށް އެކުގައި ނިކުތުމާއި ގުޅޭގޮތުން ކުރެވުނު މަޝްވަރާތައް ފެއިލް ވުމުންނެވެ.
ޔާމީން އައި ނަމަވެސް ވާހަކަ ދައްކަން ތައްޔާރު: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ