މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރަށްޔިތުންގެ މަޖިލީހުގެ އިންތިޙާބުތަކުގައި ގިނައަދަދެއްގެ މީހުންވަނީ ކުރިމަތިލާން ނިންމާފައެވެ. އެގޮތުގެމަތިން ސިޔާސީ ޕާޓިތަކުން ދަނީ މަޖިލީސް ޕްރައިމަރީތަށް ބާއްވަމުން ތަށްޔާރުވަމުންނެވެ.
އެމްޑީޕީގެ ފަރާތުން މަޖިލީސް ޕްރައިމަރީގެ ވޯޓްނެގުމަށް މިއަންނަ ހުކުރު ދުވަހު ތަށްޔާރުވަމުން އަންނައިރު އެޕާޓީގެ ފަރާތުން ރ. އިނގުރައިދޫ ދާއިރާށްވެސް ޕްރައިމަރީއަށްވެސް ވަނީ ތިން ކެޑިޑޭޓުން ކުރިމަތިލާފައެވެ.
ރ.އިނގުރައިދޫ ކަބުރުގެ ޢަބުދުލްމަތީން ޙަސަން ވަނީ އެމްޑީޕީގެ ފަރާތުން ބާއްވާ މަޖިލީސް ޕްރައިމަރީގައި ވާދަކުރަންނިންމާފައެވެ. މަތީން ވަނީ 2014 ވަނަ އަހަރު އެމްޑީޕީން ބޭއްވި މަޖިލީސް ޕްރައިމަރީގައި ވާދަކުރަށްވާ ކަމިޔާބު ކުރަށްވާފައެވެ. އަދި އެހަރުގެ ރަށްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި ކުޑަ ތަފާތަކުން ބަލިވެފައެވެ. މަތީން އަކީ އިންޖިނިއަރިންގް ދާއިރާގައި މަސަތްކަށްކުރަމުން ދާ ތަޖުރިބާކާރު ބޭފުޅެކެވެ.
ވިޔަފާރިއާ ހިންގުމުގެ ދާއިރާއިން މަތީތައުލީމް ހާސިލްކުރަށްވާފައިވާ ޢަބުދުﷲ ފަޔާޝް ( އެމެޓީ ފަޔާ) ވެސް ވަނީ އެމްޑީޕީގެ މަޖިލީސް ޕްރައިމަރީގައި ވާދަކުރަންނިންމާފައެވެ. އެމެޓި ފަޔާ އަކީ ވިޔަފާރީގެ ދާއިރާއިން ގިނަ ކާމިޔާބުތަކެށް ހޯދާއި ހިންގުމުގެ ދާއިރާގައި ތަޖްރިބާ ބޮޑުބޭފުޅެއްކަން ފާހަގަކޮށްލަންޖެހެއެވެ.
ރ.އިނގުރައިދޫ ދާއިރާގެ އެމްޑީޕީ މަޖިލީސް ޕްރައިމަރީގައި މަތީން އަދި އެމެޓީ ފަޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ