ގދ. ތިނަދޫން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ގިނައަދަދެއްގެ ކަރަންޓު ސާމާނު ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

ގދ. ތިނަދޫ ދެ ތަނަކުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ގިނައަދަދެއްގެ ކަރަންޓު ސާމާނު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މިތަކެތި ހޯދާފައިވަނީ، ތިނަދޫގެ ދެ ތަނަކުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކަރަންޓު ސާމާނުތަކެއް ތިނަދޫގެ ގެއެއްގައި ހުރި ގުދަނެއްގައި ރައްކާކޮށްފައިހުރި ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
ތިނަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ޖަނަވަރީ 08 ވަނަ ދުވަހު ހިންގި މިއޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައިފާސްކުރިއިރު، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނައަދަދެއްގެ ކަރަންޓު ސާމާނުވަނީ ފެނިފައެވެ.
މިމައްސަލައިގެ ތުހުމަތުގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މިމައްސަލަ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ