ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދު ލިސްޓެއް: ކަރަންޓު އަގުހެޔޮކުރުން ހިމެނޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭގައި ކުރައްވާނެ ކަންތައްތަކެއް ލިސްޓެއް އިއުލާނުކުރައްވައިފި އެވެ.
ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދު ލިސްޓުގެ އެންމެ ކުރީގައި އޮތީ ކަރަންޓުގެ އަގުހެޔޮކުރެއްވުމެވެ.
ރައީސް ސޯލިހު ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރައްވާނެ ކަމަށް ވެވަޑައިގެންނެވި އިތުރު ވައުދުތަކުގެ ތެރޭގައި، ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީ އަށް ކިޔައިވައިދިނުމުގެ ފުރުސަތު ހުޅުވައިލުމާއި ދަރިވަރުންނަށް ހެނދުނު ނާސްތާ ދިނުމުގެ ޕްރޮގްރާމް ހިމެނެ އެވެ.
ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދު ލިސްޓުގައި ހިމެނޭ އެހެން ކަންތައްތަކުގެ ތެރޭގައި، ޕެންޝަން ފަންޑުން ފަރުޟު ހައްޖަށް ދެވޭނެ ފުރުަސަތު ހަމަޖައްސެވުމާއި ރާއްޖޭގެ މަސްކަނޑުތަކުން މަސްވެރިކަންކުރުމުގެ ހުއްދަ ބޭރުގެ ފަރާތްތަކަށް ދިނުން ހުއްޓައިލުން ހިމެނެ އެވެ.
ތަފްސީލު އަންނަނީ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ