އިތުރު 10 ދާއިރާގެ ޓިކެޓާއެކު ރައީސް ޔާމީންގެ ކޯލިޝަނުން ޖުމްލަ 63 ބޭފުޅަކަށް ޓިކެޓު ދީފި

ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ހިމެނޭ ކޯލިޝަނުން މިރޭ 10 ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޓިކެޓު ދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރިމަތިލެއްވުމަށް އެ ކޯލިޝަނުން މީގެކުރީން ވަނީ 23 ބޭފުޅަކަށް ޓިކެޓު ދީފައެވެ. އަދި އޭގެއިތުރުން ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވަނީ މީގެކުރީން އެ ޕާޓީގެ ޓިކެޓު 30 ބޭފުޅަކަށް ދީފައެވެ.
ކޯލިޝަނުން ބުނީ އެ 63 ދާއިރާގެ އިތުރުން ވެސް އެހެން ދާއިރާތަކަށް ބޭފުޅުން ނެރޭނެ ކަމަށެވެ.
އެ ދާއިރާތަކުގެ ތެރެއިން ބައެއް ދާއިރާތައް ޕްރައިމަރީއަށް ދާނެ ކަމަށާއި އެ ދާއިރާތަކުގެ އިންތިހާބު އޮންނާނީ މިމަހުގެ އަށެއްގައި ކަމަށްވެސް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.
އަލަށް ޓިކެޓު ދިން ދާއިރާތަކާއި ބޭފުޅުންގެ މައުލޫމާތު ތިރީގައި އެވަނީއެވެ.
ދިއްގަރު ދާއިރާ - ހީނާ ވަލީދު، ސަންސެޓް ވިލާ، ސ. ހިތަދޫ
މާވަށު ދާއިރާ - މުހައްމަދު ސައީދު، ވިނަރެސް، ހއ. ތުރާކުނު
އުނގޫފާރު ދާއިރާ - އަބްދުލްމަތީނު މުހައްމަދު، ނާރެސް، ރ. ހުޅުދުއްފާރު
މަޑަވެލި ދާއިރާ - އާދަމް ޝަރީފް އުމަރު، ޗަމަން، ރ. ފައިނު
ހޮޅުދޫ ދާއިރާ - އަހުމަދު ހަމްދާން ނަސީރު، ބްލޫރެސްޓް، ނ. ހޮޅުދޫ
ހަނިމާދޫ ދާއިރާ - އިދުރީސް އަބްދުﷲ، އިރުދޯދި، ހދ. ހަނިމާދޫ
ކުރެންދޫ ދާއިރާ - އާދަމް ތައުފީގު، އަޅިވިލާގެ، ޅ. ކުރެންދޫ
ކެންދޫ ދާއިރާ - އަހުމަދު ރިޒާ، ގުލްޒާރުގެ، ބ. ކަމަދޫ
ކުޅުދުއްފުށީ އުތުރު ދާއިރާ - ފާރޫގު މުހައްމަދު، މާދޫގެ، ހދ. ކުޅުދުއްފުށި
މަނަދޫ ދާއިރާ - ހުސްނީ މުބާރިކް، ގަސްކަރަ، ނ. މަނަދޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ