މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ކެނޑިއްޖެއެވެ.ސްޓޭލްކޯއިން ވިދާޅުވީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޑުގެ ހިދުމަތް ކެނޑިފައިވާ ކަމަށާއި ކަރަންޓު އަނބުރާ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި މާލެއިން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވަނީ މިއަދު ހެނދުނު 8:45 ހާއިރުއެވެ. ދޭތެރެ ދޭތެރެއިން މާލެއިން ކަރަންޓުގެ ޚިދުމަތް ކެނޑޭތީ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ސަރުކާރުގައި މާލެއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ހައްލުހޯދައި، މާލޭގެ ކަރަންޓުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް 8.9 މެގަވޮޓްގެ ޖަނަރޭޓަރެއް ބަހައްޓާ ޚިދުމަތްދޭން ފަށާފައެވެ. އެއަށްފަހު ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުގައި ކަރަންޓުގެ އަގު ބޮޑުތަނުން އަގުހެޔޮ ކުރާނެކަމަށް ވިދާޅުވެފައިވާއިރު ރައީސް ސޯލިހުގެ ސަރުކާރަށް އެއް މަސްނުވެގެން އުޅެނިކޮށް ކަރަންޓު ކެނޑުމުން އެމަނިކުފާނަށް ފާޑުކިޔުންތަކެއް ދަނީ އަމާޒުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ