ރައީސް ޔާމީން އިދިކޮޅުގައި މަސައްކަތް ކުރެއްވުމަކީ، އިއްތިހާދު ސަރުކާރު ޖެހިލުންވާނެ ކަމައެއް - ޖަމީލް އުޘްމާން

އާސަރުކާރެއްގައި އިދިކޮޅު ލީޑަރެއްގެ ގޮތުގައި ރައީސް ޔާމީން ހުންނެވުމަކީ އިދިކޮޅުގައި މިއަދު ތިއްބެވި ބޭފުޅުން ޖެހިލުންވާނެކަމެއް ކަމުގައި ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް އުޘްމާން ވިދާޅުވެއްޖެއެވެ.
މެޑަމް ފާތިމަތު އިބްރާހިމް ސައުދީ އަރަބީއާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅައް ފަހު ރާއްޖެވަޑައި ގަތުމުން އެ ކަމަނާއަށް މަރުހަބާ ދެންނެވުމަށް އެއް ނަންބަރު ފާލަން ދޮށުގައި ޖަމީލް އުޘްމާން ދެއްވި އިންޓަވިއުގައި ރައީސް ޔާމީނަކީ ވަތަނީ ލީޑަރެއްކަމާއި އެއީ ޤައުމު ދޫކުރައްވައި ފިއްލަވާނެ ބޭފުޅެއް ނޫންކަންވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީން ގެ މި ފަސް އަހަރަކީ އެހާމަ ދަތިތަކާ ކުރިމަތިލައްވަން ޖެހި ވަޑައިގަތް އަހަރުތަކެއްކަން ފާހަގަކުރައްވައި، މިއީ އައު ޤާނޫނޫ އަސީސީގެ ދަށުން ރިޔާސީ ދައުރެއް ފުރިހަމަ ކުރެއްވި ފުރަތަމަ ރައީސް ކަން ފާހަގަ ކުރެއްވިއެވެ.
އަދި އިދިކޮޅުގައި މަސައްކަތް ކުރައްވަން ޖެހިވަޑައިގަންވަޏާ އިދިކޮޅު ލީޑަރެއްގެ ގޮތުގައި ވެސް އެމަނިކުފާނު ހަރަކާތްތެރި ވާނެކަމަށް ޖަމީލް އުޘްމާން ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީން އާއި ގުޅުވައިގެން ފިއްލާ ވާހަކަ މި ދައްކަނީ އިދިކޮޅު ބޭފުޅުން އެމަނިކުފާނާ ޖެހިލުންވާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދި ސަރުކާރުން ހިތުހުރިހާ ގޮތަކަށް ކަންކަން ކުރަން ދޫކޮށްނުލާނެކަމާއި ރައްޔިތުންގެ ލާބައާއި މަންފާއަށް ކަންކަން ފަހިކޮށްދިނުމަށް ޒިނަމާދާރުކަމާއެކު މަސައްކަތްކުރައްވާނެކަން އެބޭފުޅުންނަށް އިގޭތީ އިދިކޮޅުން މިއަދު ދައްކާ ވާހަކަތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ