ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސިއްޙީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވުމާއި ގުޅިގެން، އެމަނިކުފާނު ގެއަށް ބަދަލު ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް ގެ މެޑިކަލް ބޯޑުން ދީފައިވާ ލަފައާއި އެއްގޮތަށް، އެއިދާރާގެ ވެރިޔާ އަހުމަދު ޝިހާނު އަމަލު ނުކުރައްވާ އެކަމަށް ހުރަސް އަޅުއްވާކަމަށް ބުނެ އޭނާގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.
ރައީސް މައުމޫންގެ ޤާނޫނީ ވަކީލުންގެ ޓީމުން މިއަދު ބުނެފައިވަނީ، މެޑިކަލް ބޯޑުގެ ލަފާ ތަންފީޒު ކުރުމަށް ހުރަސް އަޅުއްވާތީ ކޮމިޝަނާ އޮފް ޕްރިޒަންސް ޝިހާންގެ މައްސަލަ ތަހުގީގުކޮށް އެންޓި ޓޯޗާ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅައި ދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ގެއަށް ބަދަލު ކުރުމަށް ލަފާ ދެއްވާފައިވީ ނަމަވެސް، އެފަދައިން އަމަލު ކޮށްފައިނުވާތީ، ރައީސް މައުމޫންގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހިމް އާއި އާއިލާގެ ބައެއް ބޭފުޅުން މިއަދު ވަނީ ޝިހާން އާއި ބައްދަލު ކުރެއްވުމަށް އެއިދާރާއަށް ވެސް ވަޑައިގެންފައެވެ. ނަމަވެސް ކުރިން އެޕޮއިންޓްމެންޓެއް ހައްދާފައިނުވާތީ އެފުރުސަތު ރައީސް މައުމޫންގެ އާއިލާއަކަށް ލިވިވަޑައެއް ނުގެންނެވިއެވެ.
ރައީސް މައުމޫން ގެއަށް ބަދަލު ކުރުމަށް ހުރަސް އަޅާތީ ޝިހާން ގެ މައްސަލަ ފުލުހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ