މަންދު ކޮލެޖް ހުސްކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން ކުރި އަމުރު ބާތިލުކޮށްފިއެވެ.
މަންދު ކޮލެޖް ހުސްކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން މިއަދު އަމުރެއް ނެރުނީ އެ ކޮލެޖް ހިންގާ އިމާރާތް ހުސްކުރަން އެޑިއުކޭޝަން މިނިސްޓްރީން އެންގުމާ ގުޅިގެން އެކަން ހުއްޓުވުމަށް މަންދު ކޮލެޖްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމާ ގުޅިގެންނެވެ.
އެ މައްސަލާގައި މަންދު ކޮލެޖުން އެދިފައި ވަނީ އެ މައްސަލައާ މެދު ކޯޓުން ހުކުމެއް ކުރަންދެން އެޑިއުކޭޝަންގެ އެންގުމަށް އަމަލުނުކުރުމަށް އެ މިނިސްޓްރީގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ. ނަމަވެސް މިރޭ ސިވިލް ކޯޓުގައި ބޭއްވި އަޑުއެހުމަށް ފަހު ނިންމާފައި ވަނީ އެ އަމުރު ނެރެދެވެން ނެތް ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ، 24 ގަޑިއިރުގެ މުހުލަތެއް ދިނުމަށްފަހު މަންދު ކޮލެޖް ހުސްކުރާނެކަން، އެ ކޮލެޖަށް އަންގާފައެވެ.
މަންދު ކޮލެޖް ހުސްކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން ކުރި އަމުރު ބާތިލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ