ކޮވިޑް ޖެހުނު މީހުންގެ އަދަދު 90 އިން މަތިވެ، އޭދަފުށީގެ ހާލަތު ގޯހުން ގޯހަށް

އޭދަފުށި
ބ. އޭދަފުށިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 90 އިން މަތިވެ، އާއްމުންގެ ބިރުވެރިކަން އިތުރުވެއްޖެ އެވެ.
އެންމެ ހަފުތާ ތެރޭގައި އޭދަފުށިން ކޮވިޑް ޖެހުނު މީހުންގެ އަދަދު އިންތިހާއަށް އިތުރުވި އިރު، މިއީ މިރަށުގައި ކޮވިޑް ފެތުރުނު ފަހުން އެންމެ ގިނައިން މީހުން ޕޮޒިޓިވްވި ދުވަހެވެ. މިއަދު 28 މީހުން ބައްޔަށް ޕޮޒިޓިވްވި އެވެ.
އޭދަފުށިން
އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވީ، މިދިޔަ ހޯމަ ދުވަހު ފްލޫ ކްލިނިކަށް ދެއްކި
އަންހެކެވެ. އޭގެ ފަހުން އޭނާއާ ގުޅުން ހުރި މީހުންނާއި ގުޅުން ނެތް ގިނަ ބަޔަކަށް
ދަނީ ބަލި ޖެހެމުންނެވެ. ރަށު ތެރެއިން ވަކު ތަރުތީބެއްނެތި ނެގި ރެންޑަމް ސާމްޕަލްތަކެއް
ވެސް ޕޮޒިޓިވްވެފައިވާއިރު، މި ރަށުން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 99އަށް
އަރައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ