ބައިނަލްއަޤުވާމީ ކޯޓަށް އިޒްރޭލާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަށް ރާއްޖެއިން ތާއިދުކޮށް އިޒްރޭލާ ދެކޮޅަށް ރާއްޖެއިން ވަކާލާތުކުރާނެ!

ބައިނަލްއަޤުވާމީ ކޯޓަށް އިޒްރޭލާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަށް ރާއްޖެއިން ތާއިދުކޮށް އިޒްރޭލާ ދެކޮޅަށް ރާއްޖެއިން ވަކާލާތުކުރާނެ ކަމަށް އޯއިއީގެ ބައްދަލުވުމުގައި ރައިސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ ގޮތުގައި ރާއްޖެ ތަމްސީލްކުރައްވަމުން ގެންދަވާ އިސްލާމީ ވަޒީރު، ޑ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމްގެ ވާހަކަފުޅުގެ ބައެއް އުސްއަލިތައް:  
- ހަނގުރާމަ ހުއްޓާލައި ފަލަޞްޠީނުގެ މިނިވަންދައުލަތް ގާއިމުކުރަން ގޮވާލަން. 
- ބައިނަލްއަޤުވާމީ ކޯޓުގައި އިޒްރެއިލްއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަށް ރާއްޖެއިން ތާއިދުކޮށް އިޒްރެއިލާ ދެކޮޅަށް ވަކާލާތުކުރާނަން.
- އަޅުގަނޑުމެން ބަލާލި ކޮންމެ ދިމާއަކުންވެސް، އަޅުގަނޑުމެންނަށް ފެންނަނީ ފަލަސްޠީނަށް ތާއީދުކޮށް، ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އެތައް ހާސް ބަޔަކު އެއްވެ އުޅޭތަން.
- އިޒްރެއިލަކަށް ފަލަޞްޠީނުގެ ރައްޔިތުން ދައްކަމުންދާ ހިއްވަރު ބަލިކޮށް ނުލެވުނު.
- އަޅުގަނޑުމެން އެބަޖެހޭ އިތުރު މަސައްކަތްތަކެއް ކުރަން. އިސްރާއީލުގެ އަމަލުތަކަށް ޖަވާބުދާރީ ކުރުވަންޖެހޭ. ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެމުންދާ ހިތާމަތައް ނިމުމަކަށް ގެންނަންޖެހޭ. އަދި ހަމަނުޖެހުންތައް ތަޖުރިބާކޮށްފައިވާ ސަރަޙައްދަކަށް ހަމަޖެހުން ގެންނަންޖެހޭ.
މި ހަނގުރާމަ މިހާރު ނިމުމަކަށް ގެންނަން އެބަޖެހޭ.
އަޅުގަނޑުމެންގެ ސަރުކާރުން އެންމެ އިސްކަންދެނީ އިސްލާމީ ދުނިޔެއާއި ހަރުދަނާ ގުޅުމެއް ޤާއިމްކުރަން. އަދި އިސްލާމްދީނުގެ ހަމަތަކާއި އެއްގޮތަށް ޤައުމީ ފެންވަރެއްގައި ބައިނަލް އަޤްވާމީ ފެންވަރުގައި ކަންކަން ގެންދިއުމަށް ބާރު އެޅުން.
- ފަލަޞްޠީނުގެ މިނިވަން ދައުލަތް ޤާއިމު ވަންދެން ހުއްޓުމެއް ނެތި މަސައްކަތްކުރާނަން.
- އިޒްރެއިލްގެ ހައްދު ފަހަނައަޅާފައިވާ ޢަމަލުތައް ވަގުތުން ހުއްޓުވަންޖެހޭ.
(އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ގަމްބިއާއަށް ފުރާވަޑައިގެންނެވީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ 15 ވަނަ އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައެޅުއްވި ޚާއްސަ މަންދޫބެއްގެ ގޮތުގައެވެ.)
- ފަލަސްޠީނަށް އދ.ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ރާއްޖެއިން ދެމިއޮންނާނެ. ފަލަސްޠީނަށް އ.ދ.ގެ ފުރިހަމަ މެންބަރުކަން ލިބުމަކީ މި ސަރަޙައްދުގައި ދެމެހެއްޓެނިވި ޞުލްޙައެއް ޤާއިމުކުރުމުގެ ފެށުން ކަމުގައި އަޅުގަނޑުމެން ޤަބޫލުކުރަން.
- މިޔަންމާގެ މުސްލިމުންގެ ދިފާޢުގައި އިސްލާމީ އުންމަތުން މަސައްކަތްކުރަން ޖެހޭ..
- މިޔަންމާގެ ރޮހިންޖާ މުސްލިމުންނަށް ލިބެމުންދާ އަނިޔާއާއި ތަފާތުކުރުން ދަނީ އިތުރުވަމުން. ދާދި ފަހުން ދިން ވައިގެ ހަމަލާތައް ހިމެނޭ ގޮތަށް މިހާރު ހިނގަމުންދާ ބިރުވެރި ޖަރީމާތަކުގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެ، ޒަޚަމްވެ، ގެދޮރު ވަނީ ގެއްލިފައި. ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް މިޔަންމާ ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ.
- އިސްލާމްމޯފޯބިއާ އާ ދެކޮޅަށް ތެދުވަންޖެހޭ. އިސްލާމްދީނަކީ ސުލްހައިގެ ދީން. އެކަކު އަނެކަކަށް އިޙުތިރާމްކުރާ ދީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ