ކުރިޔަށް އޮތް 4 ދުވަހުވެސް މޫސުން ވަރަށް ގޯސްވާނެ

ހުޅަނގު މުސުމުގެ ބާރު ގަދަވެ، ކުރިޔަށް އޮތް 4 ދުވަހުވެސް ރާއްޖޭގެ ސަރަހަށްދުގައި މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ، ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް 4 ދުވަހުވެސް ރާއްޖޭގެ ސަރަޙައްދުގައި، ޚާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގައި ވައިގަދަވެ ކަނޑުތައް ވަރަށްދަވާނެކަމަށް ލަފާކުރެވޭކަމަށެެވެ.
އާންމު ގޮތެއްގައި ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭއިރު ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި އުދައިގެ އަސަރު ކުރުންވެސް އެކަށީގެށީގެންވާކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ.
މީގެއިތުރުން ރާއްޖެއާ ދުރުން ބަންގާޅުކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު، ކުރިއަށް އޮތް 24 ގަޑި އިރުތެރޭގައި އިތުރަށް ބާރުގަދަވެ ތޫފާނަކަށްވުމުގެ ފުރުޞަތު އެބައޮތްކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މިކޮޅިގަނޑު ޖެހެމުން ދާނީ އުތުރުހުޅަނގުއުތުރަށް ރާއްޖެއާ ދުރަށްކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން، އަދި ވަކިން ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
މިމަހުގެ 10 ވަނަދުވަހުން ފެށިގެން ރާއްޖެއަށް ކުރަންފެށި ވިއްސާރަޔާއެކު މިމަހުގެ 12 ވަނަދުވަހު ރާއްޖެއަށް ހުޅަނގު މޫސުންވަނީ ފެށިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ