ފޯކައިދޫ ޖަނބުރޯލުން ބަރާކޮށްލައިފި

ރާއްޖޭގައި ހައްދާ، ދިވެހިންނަށް ލިބެން ހުންނަ މޭވާގެ ބާވަތްތަކުގެ ތެރެއިން އެންމެ ކުރިންސުރެ ލިބެން ހުންނަ މޭވާއަކީ ޖަނބުރޯލެވެ. ޖަނބުރޯލު ނުވަތަ އިނގިރޭސި ބަހުން ނަމަ ވޯޓަ އެޕަލް އަކީ ހައްދަން ފަސޭހަ ފެން ގިނަ މޭވާއެކެވެ. ވަކި މޫސުމަކަށް ގިނައިން އަޅާ މި މޭވާގ މޫސުމް މިފަހަރު މިލައްވާނީ ރޯދަމަހާ ދިމާކޮށްފަ އެވެ.
އެންމެ ގިނަ ޖަނބުރޯލުން އެއްރަށުން ފެންނާނީ ށ ފޯކައިދޫންނެވެ. ކޮންމެ ގެޔެއްގައި ކަހަލައިން ޖަނބުރޯލު ގަސް ހުންނައިރު ގަސްތަކުގައި ޖަނބުރޯލު އަޅައި އޮތީ ބަރާކޮށްލާފަ އެވެ.
ފޯކައިދޫގައި ގަސްތަކުގައި ޖަނބުރޯލު އަޅާ ވަނީ ބަރާވެފައި--ފޮޓޯ:ސައްލެ

އެކި ބާވަތުގެ ޖަނބުރޯލުތަކުން އޮތީ މުޅި ރަށް ފުރިފަ އެވެ. ހުދު ޖަނބުރޯލު، ފެހި ޖަނބުރޯލް، ކުދިކޮށް ހުންނަ ރަތް ޖަނބުރޯލު އަދި ބޮޑެތި ރަތް ޖަނބުރޯލު ހިމެނެ އެވެ. ގިނައިން ފެން ހުންނަ މި މޭވާއަކީ އަނގަޔަށް މީރު ފޮނި ރަހައެއް ލާ، އަދި ބައެއް ބާވަތްތަކަކީ ހުތް ފޮނި ރަހައެއް ލާ އަދި މުޅިން ފެން ޖަނބުރޯލުވެސް އެ ބަހުއްޓެވެ.
ފޯކައިދޫގައި ގަސްތަކުގައި ޖަނބުރޯލު އަޅާ ބަރާވެފައި--ފޮޓޯ:ސައްލެ
ފޯކައިދޫގައި ގަސްތަކުގައި ޖަނބުރޯލު އަޅާ ބަރާވެފައި--ފޮޓޯ:ސައްލެ
ފޯކައިދޫގައި ގަސްތަކުގައި ޖަނބުރޯލު އަޅާ ބަރާވެފައި--ފޮޓޯ:ސައްލެ
ފޯކައިދޫގައި ގަސްތަކުގައި ޖަނބުރޯލު އަޅާ ބަރާވެފައި--ފޮޓޯ:ސައްލެ
ފޯކައިދޫއަށް ޖަނބުރޯލް ތިޔާގިވީ 2004 ވަނަ އަހަރު އެރި ސުނާމީއާ ގުޅިގެން ސަރުކާރުން އެރަށުގެ ކޮންމެ ގޭބިސިއަކަށް ޖަނބުރޯލް ގަހެއް ހަދިޔާކުރުމުންނެވެ. ރޯކޮށްފައި ހުރި އެ ގޮފިތައް ވަރަށް ފަސޭހައިން ރަށުގެ ބިމަށް ހޭނި ފަރިތަވި އެވެ. މާގިނަ ދުވަހެއް ނުވެ އެ ކުދި ގަސްތަކުން ޖަނބުރޯލު ކާން ލިބެން ފެއްޓިކަމަށް އެރަށުން ވާހަކަދެއްކި މީހުން ކިޔަދިނެވެ.
އެ ދުވަހުން ފަށައިގެން އެރަށުގައި ޖަނބުރޯލް ތިޔާގިވި އެވެ. ކޮންމެ ޖަނބުރޯލް މޫސުމެއްގައި މުޅި ރަށުން ގިނަ އަދަދެއްގެ ޖަނބުރޯލުން ރަށުން ބޭރުކުރެ އެވެ. އެގޮތުން މިހާރުވެސް މާލެ ފުރާ ކޮންމެ ބޯޓެއްގައި ގިނަ އަދަދަކަށް ޖަނބުރޯލު އަރުވަ އެވެ. މާލޭގެ މާރުކޭޓާއި ކުޅުދުއްފުށީ ހޮނިހިރު ބާޒާރުގައި ފޯކައިދޫ ޖަނބުރޯލް މިދުވަސްވަރު ވަރަށް ތިޔާގެވެ.
ރޯދަމަހާ ދިމާކޮށް ޖަނބުރޯލް މޫސުމް އައުމުން މިފަހަރު ރައްޓެހިންނަށް ހަދިޔާގެ ގޮތުގައިވެސް ވަރަށް ގިނައިން ޖަނބުރޯލު އެބަލިބެ އެވެ. ފެންގިނަ މި މޭވާގައި ހަށިގަނޑަށް ފައިދާ ހުރި ގިނަ މާއްދާތަކެއް ހިމެނެ އެވެ. އެގޮތުން ޖަނބުރޯލުން ލިބޭ ބައެއް ފައިދާތަކަށް އަލިއަޅުވާލާނަމެވެ.
ފޯކައިދޫގައި ގަސްތަކުގައި ޖަނބުރޯލު އަޅާ ބަރާވެފައި--ފޮޓޯ:ސައްލެ
ފޯކައިދޫގައި ގަސްތަކުގައި ޖަނބުރޯލު އަޅާ ބަރާވެފައި--ފޮޓޯ:ސައްލެ
ފޯކައިދޫގައި ގަސްތަކުގައި ޖަނބުރޯލު އަޅާ ބަރާވެފައި--ފޮޓޯ:ސައްލެ
ފޯކައިދޫގައި ގަސްތަކުގައި ޖަނބުރޯލު އަޅާ ބަރާވެފައި--ފޮޓޯ:ސައްލެ
ފޯކައިދޫގައި ގަސްތަކުގައި ޖަނބުރޯލު އަޅާ ބަރާވެފައި--ފޮޓޯ:ސައްލެ
ރޯދަމަހާ ދިމާކޮށް ޖަނބުރޯލް މޫސުމް އައުމުން މިފަހަރު ރައްޓެހިންނަށް ހަދިޔާގެ ގޮތުގައިވެސް ވަރަށް ގިނައިން ޖަނބުރޯލު އެބަލިބެ އެވެ. ފެންގިނަ މި މޭވާގައި ހަށިގަނޑަށް ފައިދާ ހުރި ގިނަ މާއްދާތަކެއް ހިމެނެ އެވެ. އެގޮތުން ޖަނބުރޯލުން ލިބޭ ބައެއް ފައިދާތަކަށް އަލިއަޅުވާލާނަމެވެ.
ޖަނބުރޯލަކީ ކޮންމެވެސް މިންވަރަކަށް ޑައިޓަރީ ފައިބަރު އެކުލެވޭ ބާވަތެއްކަމުން ގޮހޮރުގެ ބަލިތަކުން ދިފާއު ވުމަށް އެހީ ވެދެއެވެ. އަދި ޖަނބުރާލުގެ ތަފާތު ކުލަ ކެއުމުން ތަފާތު ބާވަތްތަކުގެ ކެންސަރުން ދިފާއުވުމަށް އެހީވެދެއެވެ. މީގެ އިތުރުން ޖަނބުރޯލަކީ އެހެން މޭވާތަކެކޭ އެއްފަދައިން ތަފާތު ގިނަ ވިޓަމިން ހިމެނޭ މޭވާއެކެވެ.
ފޯކައިދޫގައި ގަސްތަކުގައި ޖަނބުރޯލު އަޅާ ބަރާވެފައި--ފޮޓޯ:ސައްލެ
ފޯކައިދޫގައި ގަސްތަކުގައި ޖަނބުރޯލު އަޅާ ބަރާވެފައި--ފޮޓޯ:ސައްލެ
ފޯކައިދޫގައި ގަސްތަކުގައި ޖަނބުރޯލު އަޅާ ބަރާވެފައި--ފޮޓޯ:ސައްލެ
ފޯކައިދޫގައި ގަސްތަކުގައި ޖަނބުރޯލު އަޅާ ބަރާވެފައި--ފޮޓޯ:ސައްލެ
ކޮންމެ 100 ގުރާމް ޖަނބުރޯލެއްގެ 93 ގްރާމުގައި ފެން ހުންނައިރު ޖަނބުރޯލު ކެއުމުން ހަށިގަނޑަށް ފިނިކަމެއް އިހްސާސް ކުރެވޭނެއެވެ. އެހެންކަމުން މިއީ ބަނޑާއި ގޮހޮރުގެ މައްސަލަތައް ހުންނަ މީހުން ވެސް ކާން ރަނގަޅު މޭވާއެކެވެ.
ޖަނބުރޯލުގައި ވިޓަމިން އޭ އެކަށޭނެ ވަރަކަށް ހުންނައިރު ވިޓަމިން އޭ އަކީ ލޮލުގެ ފެނުން ރަގަޅުކޮށްދީ، ދިފާއީ ނިޒާމުގެ މަސައްކަތްތައް ފުރިހަމަކޮށްދޭ ލޭގެ ހުދު ސެލްތައް އުފެއްދުމުގަޔާއި، ހަށިގަނޑަށް ވަންނަ ބީރައްޓަހި މާއްދާތަކާއި ދެކޮޅަށް ހަށިގަނޑުގައި ހަށިދަމަނަ އުފެއްދުމަށް ވެސް އެހީތެރިވެދޭ މާއްދާ އެކެވެ.
އަދި ވިޓަމިން ސީ ވެސް ގިނަ އަދަދަކަށް ޖަނބުރޯލުގައި ހިމެނެއެވެ. އެހެންކަމުން ދަރިފަނިތައް ދުޅަހެޔޮކަންމަތީ ހުރުމަށް އެހީތެރިވެދިނުމުގެ އިތުރުން ކަށިތަކާއި ދަތްތައް ވަރުގަދަކޮށްދީ ދިފާއީ ބާރު ވަރުގަދަކޮށްދެއެވެ. މީގެ އިތުރުން އަނގަޔާއި ކަރުގެ މައްސަލަތަކަށްވެސް ޖަނބުރޯލު މިއީ ވަރަށް ރަނގަޅު މޭވާ އެެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ