އިސް ގާޒީ އަބްދުﷲ ގެ ސުލޫކީ މައްސަލަ ސާބިތެއް ނުވި

ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީއާ ދެކޮޅަށް ޖޭއެސްސީއަށް ހުށަހެޅި ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމައިފި އެވެ.
ގާޒީ އަބްދުﷲ ގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ މައްސަލަ ބަލަމުން ގެންދާ ކަން ގާޒީއަށް އެންގީ ޖުލައި 31، 2019 ގައެވެ.
ގާޒީ އަބްދުﷲ ގެ މައްޗަށް ޖޭއެސްސީއަށް ހުށަހެޅި މައްސަލައާއި ގުޅޭ އެއްވެސް މައުލޫމާތެއް ޖޭއެސްސީން ހިއްސާ ކޮށްފައެއް ނުވެ އެވެ.
ބުނީ ގާޒީ އަބްދުﷲ ގެ މައްސަލަ ކޮމިޝަނުން ތަހުގީގު ކުރުމަށް ފަހު އެ މައްސަލަ ސާބިތު ނުވާ ކަމަށް މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ.
ގާޒީ އަބްދުﷲ އާ ގުޅޭގޮތުން މީގެ ކުރިން ވެސް ޖޭއެސްސީއަށް މައްސަލައެއް ހުށަހަޅާފައިވެ އެވެ. އެ މައްސަލަ ވެސް ތަހުގީގު ކުރުމަށްފަހު މައްސަލަ ސާބިތު ނުވާ ކަމަށް އޭރު ނިންމާފައިވެ އެވެ.
ކޮމިޝަނުން ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ފަހު ފިޔަވަޅު އަޅަމުންދާ ގޮތުން ބައެއް މީހުންގެ ފާޑުކިޔުން މި ފަހުން ވަރަށް ބޮޑަށް ކޮމިޝަނަށް އަމާޒުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ