ޓޫރިޒަމް ދާއިރާގެ 33،638 މީހުންނަށް ވެކްސިން ދީފި

ޓޫރިޒަމް ދާއިރާގެ ފްރަންޓް ލައިންގައި މަސައްކަތް ކުރާ 33،638 މީހުންނަށް ވެކްސިން ދެވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ފްރަންޓްލައިން ސްޓާފުންނަށް ވެކްސިން ޖެހުމުގެ ޕްރޮފްގްރާމެއް ފަށާފައިވަނީ، މިދިޔަ މަހު އެވެ. މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް 33،638 މީހުންނަށް ވެކްސިން ދީފައިވެ އެވެ.
ރާއްޖޭގައި ވެކްސިންގެ ދެ ދެވަނަ ޑޯޒް މިހާރު ޖަހަން ފަށާފައިވާއިރު، އެޗްޕީއޭ އިން ވަނީ ކޮވިޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާފައިވާ މީހުންނަށް ކަރަންޓީނު ނުވެ އެ މީހުންގެ ރަށްރަށަށް ދެވޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ. ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުން ރަށަށް ނުގޮސް މަސައްކަތް ނުކުރާތާ އަހަރެއްހާ ދުވަސް ވަނީ ވެފަ އެވެ.
ރާއްޖޭގައި މިހާތަނަށް 28،900 އަށް ވުރެ ގިނަ މީހަކަށް ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ވަނީ ޖަހާފަ އެވެ. ދެވަނަ ޑޯޒް ޖަހަމުންދާއިރު، ވެކްސިންގެ ފުރަތަމަ ޑޯޒް ވެސް ދަނީ ޖަހަމުންނެވެ. މިހާތަނަށް 274،782 މީހަކަށް ވެކްސިން ދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ