މިދިޔަ 50 އަހަރު ތެރޭގައި ބޯހިޔާވަހިކަމަށް ބޮޑު ބަދަލެއް ގެނައީ ރައީސް ޔާމީން: ޖަމީލް

ވޭތުވެދިޔަ 50 އަހަރު ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް އެންމެ ބޮޑު ބަދަލެއް ގެނަސްދިން ވެރިއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލު ވިދާޅުވީ އާ ގާނޫނު އަސާސީއަށްފަހު މާލޭގެ ރައްޔިތުން އިހުސާސްކުރީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށެވެ. ހިޔާ މަޝްރޫއުގެ 7،000 ފްލެޓަށް އިޝާރާތް ކުރައްވައި ޖަމީލު ވިދާޅުވީ ބޯހިޔާވަހިކަމަށް އެންމެ ބޮޑު ބަދަލެއް ގެނަސްދެއްވީ ރައީސް ޔާމީން ކަމަށެވެ.
އިތުރަށް ޖަމީލު ވިދާޅުވީ އިތުބާރު ކުރެވޭ ލީޑަރަކީ ރައީސް ޔާމީން ކަމަށާއި ޕާޓިއަކީ ޕީޕީއެމް ކަމަށެވެ. އަދި މިކަން ކުރެވޭނީވެސް އެޕާޓިއަށް ކަމަށް ވިދާޅުވި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުންގެ ވޯޓު ހައްގީ ޕީޕީއެމްއަށް ކަމަށްވެސް ޖަމީލު ވަނީ ވިދާޅުވެފަ އެވެ.
މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަކީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އެވެ. މިމައްސަލަ ހައްލު ކުރުމަށް އެންމެ ބިޔަ މަޝްރޫއު ހިންގީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރައީސް ޔާމީން އެވެ. އެ ފްލެޓުތައް އަދިވެސް ސަރުކާރުން ރައްޔިތުންނަށް ދީފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ