ސިފައިންގެ އަސްކަރީ ޕެރޭޑް މާދަމާ ހަވީރު އޮންނާނެ

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ އެމްއެންޑީއެފްގެ “މިލިޓަރީ ޕެރޭޑް އެންޑް ޕްރޮސެޝަން” މާދަމާ ހަވީރު މާލޭގައި ބާއްވާ ގޮތަށް ނިންމައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހު ޝަރަފުވެރި ކޮށްދެއްވާ އެ ޕެރޭޑް ފަށާނީ މާދަމާ ހަވީރު 4:30 ގައި ޖުމްހޫރީ މައިދާނުންނެވެ.
އެމްއެންޑީއެފުން ބުނީ, އެ ޕެރޭޑުގައި ޖުމުލަ ހަތަރު ތަނެއްގައި ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެ ކަމަށާއި ޕެރޭޑް ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށް ކަމަށް ބުންޏެވެ.
ޕެރޭޑް ހުއްޓާ ސަރަހައްދުތައް:
އެމްއެންޑީއެފުން ބުނީ, ޕެރޭޑުގައި ސިފައިންގެ ކޯތަކާއި ސާވިސްތައް ރަމްޒުކޮށްދޭ ގޮތަށް ގެމަތައް އަތުލެވޭ ކަމަށެވެ. އޭގެ ތެރޭގައި އެމްއެންޑީއެފް ކޮމްބެޓް އެންޑް މެނޫވާ ފޯސްތަކާއި ސަޕޯޓް ސާވިސް ކޯތަކާއި ފަންކްޝަނަލް ކޮމާންޑުތައް ފެނިގެންދާނެ ކަމަށް ބުންޏެވެ.
ސާވިސް އުޅަނދުތަކާ އަދި އާމަޑް ޑީޓެއިލެއްވެސް ދައްކާލުމަށް ހަމަޖެހިފައިވާ މި ޕެރޭޑުގައި ސިފައިންގެ މިލިޓަރީ ބޭންޑާއި އެމްއެންޑީއެފް ޑްރިލް ސްކޮޑާއި އަންހެން ސިފައިންގެ ގެމައަކާއި އެމްއެންޑީއެފުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާފައިވާ އިސް ހިދުމަތްތެރިންގެ ހާއްސަ ގެމައެއްވެސް ފެނިގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ