ޖަމާލުއްދީން ސްކޫލް ޕްރިންސިޕަލަށް ހަމަލާދޭން އުޅުން މީހަކު ހައްޔަރުކޮށްފި

ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ޖަމާލުއްދީން ސްކޫލް ޕްރިންސިޕަލަށް ހަމަލާދޭން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއަދު ޖަމާލުއްދީން ސްކޫލްގެ ހެނދުނު ދަންފަޅި ފެށުނު ވަގުތު ތޫނު ހަތިޔާރު ހިފައިގެން ހުރި މިހަކު އެސްކޫލަށް ވަދެ، "الله أكبر" ގޮވުމަށް ފަހު ޕްރިންސިޕަލަށް ހަމަލާން ދޭން މަސައްކަތް ކޮށްފައިވެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ޖަމާލުއްދީން ސްކޫލަށް މީހަކު ވަދެ، މާރާމާރީ ހިންގަން އުޅުނު މައްސަލައެއް މިއަދު ހެނދުނު 8:49 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
އޭނާ ސްކޫލަށް ވަދެ ޕްރިންސިޕަލަށް ހަމަލާ ދިނުމަށް މަސައްކަތް ކޮށްފައިވާ ސަބަބު ސާފުވާގޮތް ވަނީ ނުވެފައެވެ. މިފަހަކަށް އައިސް މާލެ ތެރޭގައި ތޫނު ހަތިޔާރު ގެންގުޅުމާއި މާރާމާރީތައް ވަނީ ގިނަވާން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ