ކޮމަންޑޫ ދާއިރާގެ ނަތީޖާއިން 2023 ޕީޕީއެމުން ކާމިޔާބު ކުރާނެކަން ޔަގީންވެއްޖެ: ޖަމީލު

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ނަތީޖާއިން 2023ގެ ރިޔާސީ އިންތިހާބު ޕީޕީއެމަށް ކާމިޔާބު ކުރާނެކަން ޔަގީންވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުޅި ދައުލަތާއި ކޯލިޝަން އެކުގައި ނުކުމެ ހުރިހާ ނުފޫޒެއް ފޯރުވުމުންވެސް ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ ވޯޓުގެ މެޖޯރިޓީ ބޮޑުތަނުން ގެއްލި ހަނިވެފައިވާ ކަމަށެވެ.
“އެހެންވީމަ 2023 ޕީޕީއެމް ކާމިޔާބު ކުރާނެކަން ޔަގީން. އިންޝާﷲ. ޕީޕީއެމްގެ މަސައްކަތަށް ތައުރީފު ހައްގު،” ޖަމީލު ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓު ގުނުން މިހާރު ނިމިފައިވާ އިރު، އިންތިހާބު ކާމިޔާބު ކުރީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކެނޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ) އެވެ. އެއީ ވޯޓު ލީ 2932 މީހުންގެ ތެރެއިން 48 ޕަސެންޓް މީހުންގެ ވޯޓުންނެވެ.
ދެވަނަ އެންމެ ގިނަ ވޯޓު ލިބުނީ ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ކެނޑިޑޭޓް މޫސާ ފަތުހީ އާދަމަށެވެ. އޭނާއަށް 1161 ވޯޓު ލިބިވަޑައިގެންނެވި އިރު، އެމްއެންޕީގެ ފަރާތުން ވާދަކުރެއްވި ކެނޑިޑޭޓަށް ލިބިވަޑައިގަތީ 323 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ