އޯވަލޯޑްވެ، ހެލްތް މިނިސްޓްރީ ހުންނަ ސަރަހައްދުން ކަރަންޓް ކެނޑިއްޖެ

ސޯސަން މަގުގައި ހުންނަ، ހެލްތް މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގް ހުންނަ ސަރަހައްދުން ކަރަންޓް ކެނޑިފައި ވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޮއިން ބުނީ ކަރަންޓް ކެނޑުނީ އޯވަލޯޑް ވެގެން ކަމަށާއި މައްސަލަ ހައްލު ކުރުމުމުގެ މަސައްކަތް މިހާރު ކުރަމުން ދާކަމަށެވެ. މީގެ އިތުރުން ސްޓެލްކޯއިން ބުނީ ބައިގަޑިއިރު ތެރޭގައި އަލުން ކަރަންޓް ދިނުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ. މާލެ ސަރަހައްދުން އެންމެ ފަހުން ކަރަންޓް ކެނޑުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓް ސަރަހައްދުންނެވެ. އެ ސަރަހައްދު ކޮނުނު އިރު ކޭބަލަށް ގެއްލުންވެ، ކަރަންޓު ކެނޑުނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑިގެން، އަލުން ކަރަންޓް ދޭން ދެތިން ގަޑިއިރު ހޭދަވިއެވެ. މިފަދަ ވަގުތުތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުން ފާހަގަކޮށް، ސްޓެލްކޯއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ