ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކެމްޕޭން ދަތުރުފުޅެއްގައި ފުވައްމުލަކަށް ހުކުރު ދުވަހު ވަޑައިގެންފިއެވެ.
އެމަނިކުފާނާ އެކު ޖުމްހޫރީ ޕާޓީގެ ބައެއް އިސްވެރިންވެސް ވަޑައިގެންނެވިއެވެ.
ފުވައްމުލަކުން ގާސިމް އިބްރާހިމަށް މަރުހަބާ ކިޔުމަށްޓަކައި ގާސީމްގެ ގިނަ އަދަދެއްގެ ސަޕޯ ޓަރުން ބަނދަރަށް ޖަމާވިއެވެ.
ގާސިމް ފުވައްމުލަކަށް ވަޑައިގަތުމުގެ އިރުކޮޅެއްކުރިން ބަނދަރަށް އެއްވެ ތިބި ގާސިމްގެ ސަޕޯޓަރުންނާއި އިދިކޮޅު ބައެއްފަރާތްތަކާ ދެމެދު ހިނގި ޒުވާބެއް، ތަޅާފޮޅުމަކަށް ބަދަލުވެ ބައެއްމީހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. ޒުވާބު ހިގަން ދިމާވީ ގާސިމް ވަޑައިގެންނެވުމަށް ރަސްމީ ފާލަމުން ޖާގައެއް ބަނދަރަށް އެއްވެތިބި އިދިކޮޅު ބައެއް ފަރާތްތަކުން ނުދިނުމުގެ ސަބަބުން ކަމުގައި މައުލޫމާތު ލިބިފައިވެއެވެ. އެވަގުތު މިތަޅާފޮޅުން މައިތިރި ކުރީ ބަދަރަށް އެއްވެ ތިބި ބައެއްމީހުންގެ މަސައްކަތުންނެވެ. ޕޮލިހުން ބަދަރަށް އައިސްފައިވަނީ ގާސިމް ފުވައްމުލަކަށް ވަޑައިގަތުމުންނެވެ. ގާސިމް ފުވައްމުލަކަށް ވަޑައިގަތުމުން އިތުރު އެއްވެސް ހަމަނުޖެހުމެއް ހިގާފައެއް ނުވެއެވެ.
ގާސިމް އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރެއްވުން މިރޭ ޏ އަތޮޅު ތައުލީމީ މަރުކަޒުގައި އޮންނާނެކަމަށް އެފަރާތުން މައުލޫމާތު ދިނެވެ.
ރިޔާސީ އިންތިހާބު 2008: ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ފުވައްމުލަކަށް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ