މަޑުއްވަރީ ކަރަންޓުގެ މައްސަލަ ހައްލުކޮށްފި
މ. މަޑުއްވަރީ އަށް ރޭ ފަތިހުއްސުރެ ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރެވިއްޖެ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ. މަޑުއްވަރީ ކައުންސިލްގެ ނައިބު ރައީސް ހަސަން މަހާސީން މިއަދު "ސަން" އަށް ވިދާޅުވީ މިއަދު މެންދުރު 1:50ގައި ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބިފައިވާ ކަމަށެވެ. "1:50 ހާއިރު ކަރަންޓު ލިބިއްޖެ. އޭގެ ފަހުން އަދި ނުކެނޑޭ،" މަޑުއްވަރީ އަށް ކަރަންޓު ދިނުމަށް ބޭނުން ކުރަނީ 80 ކިލޯ ވޯޓުގެ ޖެނެރޭޓަރެކެވެ. އެރަށުގެ އާބާދީ އަކީ 735 އެވެ. މަޑުއްވަރީ ކަރަންޓުގެ މައްސަލަ ހައްލުކޮށް ކަރަންޓު ދީފައިވާ ކަމަށް ފެނަކަ އިން ވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ