ކުއްލި ހާލަތުގެ ދަށުން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުށެއް ކޮށްފައިވާ ކަމަށް ގަބޫލުނުކުރާ ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީ ތަކުން ބުނެފިއެވެ.
މިއަދު ކްރިމިނަލް ކޯޓު ކައިރީ ހުންނަވައިގެން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވީ ރައީސް މައުމޫން އަކީ އަޅުގަނޑުމެން ކަހަލަ ރައްޔިތެއް ކަމަށެވެ.
" ރައީސް މައުމޫނަކީ ދިވެހި އެތަކެއް ރައްޔިތުންގެ ލޯބި ލިބިފައިވާ ރާއްޖޭގެ ވެރިކަން 30 އަހަރު ވަންދެން ކުރެއްވި ބޭފުޅެއް. އެހެންވީމަ އެފަދަ ބޭފުޅަކު ވަކިން ހާއްސަކޮށް އުމުރުން ދުވަސްވީ ބޭފުޅަކު އާދަޔާ ހިލާފަތް ގިނަވަގުތު ކޯޓުގައި އާދައިގެ ގޮޑިއެއްގައި ގާތް ގަޑަކަށް 9 ގަނޑިއިރު ބޭންދުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން " އަލީ ހުސެއިން ވިދާޅުވިއެވެ.
ޝަރީއަތް ނިމެންދެން ރައީސް މައުމޫން ބަންދުގައި ބެހެއްޓުމަށް މިހާރު އަމުރު ކޮއްފައިވާއިރު އެމަނިކުފާނުގެ މައްޗަށް ދެ ދައުވާ ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އާއި އަދުލް އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.
ކުއްލި ހާލަތުގެ ދަށުން ރައީސް މައުމޫންގެ އިތުރުން ވެސް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވާއިރު ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވުމުގެ ކުރިން އެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ބޭފުޅުންގެ މުއްދަތު އަންނަނީ އިތުރު ކުރަމުންނެވެ.
ރައީސް މައުމޫން ކުށެއް ކޮށްފައިވާ ކަމަށް ގަބޫލެއް ނުކުރަން - އިދިކޮޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ