2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމި ހިސާބުން ފެށިގެން އަޅުގަނޑު ހުރީ އެމްޑީޕީން ބޭރު ކުރަން ޓާގެޓް ކޮށްފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅު ހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މިރޭ ޕީއެސްއެމް އިން ގެނެސްދިން "ނޭޝަން ފަސްޓް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މޫސަ ވަނީ އެމްޑީޕީގެ ޢަމަލުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މޫސަ ވިދާޅުވީ އޭނާ އެމްޑީޕީއިން ވަކިކުރީ ޕާޓީގެ އަސާސީ ޤަވާއިދާއި ހިލާފަށް ކަމަށެވެ.
"އަޅުގަނޑު އެމްޑީޕީއިން ބޭރުކޮއްލީ އަލީ ވަހީދުގެ ޗޭއަރ ޕާސަން ކަމުގައި, ޕާޓީން ބޭރު ކުރި އިރު އަޅުގަނޑު އާދެސް ކުރިން އެހެން ނަހަދަން ސިޓީ ވެސް ފޮނުވިން،" މޫސަ ވިދާޅުވިއެވެ.
ކުށެއް ނުކުރަނީސް މައާފަށް އެދެންޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ވިދާޅުވެ މޫސަ ވިދާޅުވީ، އެމްޑީޕީގައި ހުރި އިރު އެއްވެސް ކުށެއް ނުކުރައްވާކަމަށެވެ. އަދި މިގޮތަށް ކަންތައް ހިނގަމުން ގޮސް 2016 ވަނަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގައި ޕާޓީގެ ޗެއާޕާސަން ރާއްޖޭގައި ނެތީސް އެމްޑީޕީން ވަކިކޮށްފައިވާކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ، ވެރިކަން ކުރާ ޕީޕީއެމް އާއީ ގުޅުނީ ހިތާއި ރުހުމުން ކަމަށާއި ޕީޕީއެމް އާއި ގުޅުނީ އަމިއްލައަށް ފެނިގެންކަމުގައެވެ.
މޫސަގެ ނަން އެމްޑީޕީގެ ދަފްތަރުން އުނިކުރީ 2016 ވަނަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހުގައެވެ.
2018 ގައި ވާދަކުރަން ނިންމި ހިސާބުން އަޅުގަނޑު އެމްޑީޕީން ބޭރު ކުރަން ޓާގެޓް ކުރި - މޫސަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ