ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.
އަލީ އާޒިމް ދޫކޮށްލީ އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ޖެހި ނުވަ ދުވަހުގެ މުއްދަތު ހަމަވުމުންނެވެ.
އާޒިމް ހައްޔަރުކޮށްފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެރޭ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިންނެވެ. އާޒިމް ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.
އާޒިމްގެ އިތުރުން އެރޭގެ މުޒާހަރާ އިން ހައްޔަރުކުރި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެސް މިއަދު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ.
މި މަހުގެ 16 ވަނަ ދުވަހުގެރޭގެ މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ 139 މީހަކު ހައްޔަރުކޮށްފައެވެ. ނަމަވެސް އޭގެތެރެއިން ގިނަ އަދަދެއްގެ މީހުން ފުލުހުން މިހާރު ވަނީ ދޫކޮށްލާފައެވެ.
މެމްބަރު އަލީ އާޒިމް ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ