ހުރިހާ އަވަށަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފި

އިންޑިއާގެ ހުރިހާ އަވަށަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވިއްޖެ ކަމަށާއި ވައުދު ފުއްދައިދެވިފައިވާ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޮޑީ ވިދާޅުވެއްޖެއެވެ.
މަގާމަށް އައުމުގެ ކުރިން، މޮޑީ ނިސްބަތްވެވަޑައިގަންނަވާ ބާރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) ގެ އެއް ވައުދަކީ އިންޑިއާގެ ހުރިހާ އަވަށަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމެވެ.
މޮޑީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިމަހުގެ 28 ވަނަ ދުވަހަކީ އިންޑިއާގެ ތާރީހުގައި ލިޔެވިގެންދާނެ ދުވަހެއް ކަމަށެވެ. މީހުން ދިިރިއުޅޭ ސަރަހައްދުތަކަށް ކަރަންޓު ފޯރުކޮށްދެވިފައިވާ ކަމަށާއި އިންޑިއާގެ އެތައް ބައެއްގެ ދިރިއުޅުން އެ ބަދަލާއެކު ބަދަލުވެގެންދާނެ ކަމަށްވެސް މޮޑީ ވިދާޅުވިއެވެ.28th April 2018 will be remembered as a historic day in the development journey of India. Yesterday, we fulfilled a commitment due to which the lives of several Indians will be transformed forever! I am delighted that every single village of India now has access to electricity.— Narendra Modi (@narendramodi) April 29, 2018
ކަރަންޓު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުގެ ދަށުން އެންމެ ފަހުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފައިވަނީ މަނިޕޫރްގެ ލެއިސަންގް އަވަށެވެ.
އިންޑިއާގެ މިނިވަން ދުވަސް ފާހަގަކުރުމަށް 2015 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މޮޑީ ވަނީ އިންޑިއާގެ ހުރިހާ އަވަށަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ތަކުރާރު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ