ފެނަކައިގެ އެމްޑީ ކަރަންޓުގެ މައްސަލަ ބޮޑު އައްޑޫސިޓީއަށް

އައްޑޫ ސިޓީއަށް ކަރަންޓުގެ މައްސަލަ އިންތިހާއަށް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީޕް އެސިޓީއަށް އިންސްޕެކްޝަން ދަތުރެއް ފައްޓަވައިފިއެވެ.
އައްޑޫ ސިޓީއިން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑި އާއްމުންގެ ޝަކުވާތައް ބޮޑުވެފައިވަނިކޮށް، ފެނަކައިގެ އެމްޑީ އެސިޓީއަށް ކުރައްވާ މިދަތުރުގައި ފެނަކައިގެ ދަށުން ހިދުމަތްދޭ ތަންތަނަށް ޒިޔާރާތް ކުރައްވާފައެވެ. އެދަތުރުގެ ތެރެއިން އައްޑޫގައި ކަރަންޓާއި ފެނުގެ ހިދުމަތް ފެނަކައިންދޭ ތަންތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާ ތަންތަނުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައިވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިއަދުވެސް ފެނަކައިގެ ދަށުން ހިދުމަތްދޭ ބައެއް ސައިޓުތަކަށް ޝަރީޕު ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޝަރީފް އިންސްޕެކްޝަން ދަތުރު އައްޑޫއަށް ފެއްޓެވިއިރު، މިދިޔަ އަންގާރަ ދުވަހު ވެސް ވަނީ އައްޑޫ ސިޓީ ގުޅިފައިވާ ހުރިހާ ރަށަކުން ކަރަންޓުގެ ހިދުމަތް ކެނޑިފައެވެ.
މަރުކަޒީ އިންޖީނުގޭގެ ޖަނަރޭޓަރަށް މައްސަލަ ދިމާވެ ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑެމުންދާއިރު އައްޑޫ ލައިވް އިން ރިޕޯޓުގައި ގޮތުގައި ފެނަކަ ކޯޕަރޭޝަނުން އިން ހިންގާ އެއިންޖީނުގޭގެ އިންޖީނުތަކަށް ބޭނުންވާ ސްޕެއާ ޕާޓްސްތައް ނުލިބޭކަމަށް ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ