އިދިކޮޅު ފަރާތްތަކުން ބޭނުން ވަނީ މިގައުމުން އިސްލާމް ދީން ފޮހެލަން ކަމަށާއި އެބޭފުޅުންނަށް ވާގިވެރިވަނީ ހުޅަނގުގެ ފަރާތްތަކުން ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި ސަރުކާރު ކޯލިޝަނުން ބާއްވަމުން ގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު މުބީން ވިދާޅުވީ ރާއްޖޭގެ ފަސްގަނޑުގައި ބަޣާވާތެއް ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށާއި، އެކަން ކުރުމަށް ވާގިވެރިވަނީ ހުޅަނގުގެ ފަރާތްތައް ކަމަށާއި އެފަރާތްތަކުން މަގްސަދަކީ ރާއްޖެއިން އިސްލާމި ވަހުދަތު ނައްތާލުން ކަމަށެވެ.
"ހުޅަނގުގެ އޭޖެންޓު މިކަން ކުރުވަނީ. އެބޭފުޅާގެ ނަން އަޅުގަނޑު ދަންނަވާކަން ނެތިން. އެއީ ކޮން ބޭފުޅެއް ކަން ތިޔަ ބޭފުޅުން އަމިއްލައަށް ވިދާޅުވޭ. ރައްޔިތުން ވޯޓު ދީގެން އައި ރައީސެކޯ،" ރައީސް ނަޝީދަށް ނިސަބްތަވާ ގޮތަށް މުބީން ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ރައީސް ޔާމީން ރާއްޖޭގެ ސަރުކާރާ ހަވާލުވެވަޑައިގަތް ފަހުން ރާއްޖެ އަމާން ވެއްޖެ ކަމަށާއި، ޖީލު ގޮވާލަނީ ގައުމު ހިމާޔަތް ކުރުމަށް ކަމަށެވެ. އަދި ސަރުކާރަށް ތާއިދު ކުރައްވާ ފަރާތްތަކުގެ މަގްސަދަކީ ރައީސްގެ މަގާމް ހިމާޔަތް ކުރުން ނޫން ކަމަށާއި ކުރަމުންދާ މަސައްކަތްތަކީ ގައުމު ހިމާޔަތް ކޮށް ގައުމުގެ ދިފާއުގައި ކުރާ މަސައްކަތްތަކެއް ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން އުޅެނީ އިސްލާމް ދީން ފޮހެލަން - މެމްބަރު މުބީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ