ކާބޯތަކެއްޗާއި ކަރަންޓުގެ އަގު އަންނަ އަހަރު ހެޔޮކުރަނީ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ކާބޯތަކެއްޗާއި ކަރަންޓްގެ އަގު ހެޔޮކުރުމަށް ހިމަނައިފި އެވެ. އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ވަނީ ކާބޯތަކެއްޗާއި ކަރަންޓުގެ ސަބްސިޑީ އަގުހެޔޮކުރުމަށް ދޭ ސަބްސިޑީ 150 މިލިއަން ރުފިޔާއިން އިތުރުކުރުމަށް ހުށަހަޅާފައި، އޭގެ ތެރޭގައި ސަބްސިޑީ 200 މިލިއަން ރުފިޔާ އަދި ކާބޯތަކެތީގެ ސަބްސިޑީއަށް 50 މިލިއަން ރުފިޔާ އިތުރުކުރުމަށް ވަނީ ހުށަހަޅާފައެވެ. އަދި ކަރަންޓް ބިލު ދެއްކުމަށް ދަތިވާ ފަރާތްތަކަށް ޑައިރެކްޓް ސަބްސިޑީގެ ގޮތުގައި 10 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ވަނީ ސަރުކާރުން ދޭ ސަބްސިޑީ އާއި އެހީގެ ގޮތުގައި 1992.4 މިލިއަން ރުފިޔާ ހިމަނާފައެވެ. އެ އަދަދަކީ މިދިޔަ އަހަރަށް ކަނޑައެޅި ބަޖެޓަށް ވުރެން 2،9 ޕަސެންޓް އިތުރު އަދަދެކެވެ. އަންނަ އަހަރުގެ ބަޖެޓްގައި ސަބްސިޑީ އާއި އެހީގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ ކަންތައް: ކަރަންޓް އަގުހެޔޮކުރުމަށް ދޭ ފައިސާ - 200،000،000 ރުފިޔާ ކާބޯތަކެތި އަގުހެޔޮކުރުމަށް ދޭ ފައިސާ - 50،000،000 ރުފިޔާ މިއަދު ބޭއްވި ބަޖެޓު ދިރާސާކުރާ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން(އެސްޓީއޯ) މެދުވެރިކޮށް ކާބޯތަކެތީގެ އަގު ހެޔޮކުރުން ކަމަށެވެ. "މިސަރުކާރުން ބޭނުންވަނީ ވަރަށް ބޮޑަށް ބްލޭންކެޓް ސަބްސިޑީއަށް ވުރެން ބޮޑަށް ޓާގެޓް ސަބްސިޑީއެއް ދެވޭތޯ. އަދިވެސް އަޅުގަނޑުމެން މިދަނީ އިތުރު ދިރާސާތަކެއް ކުރުން ވޯލްޑް ބޭންކްގެ އެހީގައި،" މުނައްވަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ކާބޯތަކެތި އަގުހެޔޮކުރުމަށާއި ސަބްސިޑީއަށް ބޮޑު އަދަދެއް ޖެހީ ރައީސް އަބްދުﷲ ޔާމީންގެ އިސްނެންގެވުމުގެ މަތިން ކަމަށާއި އެކަމުގެ ތަފްސީލް ވަރަށް އަވަހަށް އެސްޓީއޯ މެދުވެރިކޮށް އާންމުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ