ރޮހިންޖާގައި މުސްލިމުންނަށް ދެމުންގެންދާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ލ.ގަމު ރައްޔިތުން ނިކުމެ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
ލ.ގަމު ކައުންސިލުން އިންތިޒާމު ކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި ރަށުގެ ރައްޔިތުން ބައިވެރިވެގެން ހިނގާލުމެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ހަރަކާތްތަށް ފެށުމަށް ހަމަޖެހިފައި ވަނީ ގަމު ހޮސްޕިޓަލް ކައިރީގައި މާދަމާ 16:30 ގައި ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދިނެވެ.
"މި ހަރަކާތުގެ ތެރެއިން ރޮހިންޖާގައި ހާލުގައި ޖެހިފައި ތިބި މުސްލިމުންނަށް އެހީވުމުގެ ގޮތުން ފަންޑު ފޮއްޓެއްވެސް ހުޅުވުމަށް ވަނީ ހަމަޖައްސައިފައި، މީގެ އިތުރުން ރަށުގެ ހުރިހާ މުއައްސަސާތަކުން އަޅުގަނޑުމެންނާއެއްކޮށް މި ހަރަކާތުގައި ބައިވެރިވާކަން އުފަލާއެކު ފާހަގަ ކުރަން" ލ. ގަމު ކައުންސިލުން ޚަބަރު އެމް ވީ އަށް ދިން އިންޓަވިއު އެއްގައި އެރަށު ކައުންސިލަރ އިބްރާހިމް އައުރާފް ވިދާޅުވިއެވެ.
އަދި ހަރަކާތްތަކުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމަށް އައުރާފް ވިދާޅުވިއެވެ.
ރޮހިންޖާ މުސްލިމުންނަށް ދެމުން ގެންދާ އަނިޔާތަކާއި ދެކޮޅަށް ރާއްޖޭގެ ބައެއް ރަށް ތަކުގައި އިއްޔެވެސް ވަނީ އަޑު އުފުލާ ހިނގާލުންތައް ބާއްވާފައެވެ.
ރޮހިންޖާގެ މުސްލިމުންނަށް ލިބެމުންންދާ އަނިޔާތަކާ ދެކޮޅަށް ލ. ގަމު ރައްޔިތުން ނިކުންނަނީ.!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ