މާލޭ ސިޓީގެ ފިހާރަތަކާާއި ކެފޭތަކަށް ޚިދުމަތްދެވޭ ވަގުތުތަކަށް ބޮޑެތި ބަދަލުތަކެއް!

ކޮވިޑް-19 އާއި ގުޅިގެން މާާލޭ ސިޓީގެ ފިހާރަތަކާާއި ކެފޭ އަދި ރެސްޓޯރެންޓްތަކުން ޚިދުމަތްދެވޭނެ ވަގުތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު އަމުރެއްގައިވާާ ގޮތުގައި އެޕްރީލް ދެވަނަ ދުވަހުގެ މެންދުރު 12:00އިން ފެށިގެން މާލެ، ހުޅުމާާލެ އަދި ވިލިމާލޭގައި ހިންގާ ފިހާރަތައް ރޭގަނޑު 11:00 އިން ފެށިގެން ހެނދުނު 6:00 އަށް ބަންދުކުރަން ޖެހެއެވެ.
 އަދި ކެފޭ ރެސްޓޯރަންޓާއި ހޮޓާ ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ފޯރުކޮށްދޭ ޓޭކްއަވޭ ހިދުމަތްތައް ރޭގަނޑު 12:00 އިން ހެނދުނު 6:00 އަށް މެދުކަނޑާލުމަށް ވަނީ އަންގާފައެވެ. މިއާއި އެކު މިތަންތަނުން 24 ގަޑިއިރު ޚިދުމަތް ދިނުން ހުއްޓިގެން ދާނެއެވެ.
މީގެ އިތުރުން މާލޭ ސިޓީގައި ހަވީރު 5:00އިން ފެށިގެން ރޭގަނޑު 20:00 އަށް މީހުން މަގުމަތީގައި އުޅުމާއި، އެއްގަމު އުޅަނދުތައް ދުއްވުން މަނާކުރުމުންވެސް މިތަންތަނުން ޚިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް އަންނާާނެއެވެ. 
ދިވެހިރާއްޖޭގައި މިހާތަަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 18 މީހުންނެވެ. އޭގެ ތެރެއިން ރާއްޖޭގައި މިހާރު ފަރުވާދެމުންދަނީ އިނގިރޭސިވިލާތުން އައި ތިން ދިވެހިންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ