ދަނޑުވެރިކަން ކުރާ ފަޅުރަށަކަށް ހޮނުއަޅައި 3 ބިދޭސީއަކަށް އަނިޔާ ވެއްޖެ

ދ އަތޮޅުގައި ދަނޑުވެރިކަން ކުރާ ފަޅުރަށަކަށް ހޮނުއަޅައި, ތިން ބިދޭސީއަކަށް އަނިޔާވެއްޖެ އެވެ.
ހޮނިހިރު ދުވަހުގެރޭ ހިނގި މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ، ދ. އަތޮޅަށް ކުރަމުންދާ ވިއްސާރައިގައި ހޮނިހިރު ދުވަހުގެރޭ 23:20 ހާއިރު ދ. އުއްދޫ އަށް ހޮނުއަޅައި، 3 ބިދޭސީއަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.
އޭގެ އިތުރުން، ހާދިސާ ހިނގުމާއެކު، އެ ރަށުގެ މެނޭޖްމަންޓް ނިސްބަތްވާ ކުންފުނީގެ ރިސޯޓެއްގެ ޑޮކްޓަރަކު އެ މީހުންނަށް ފަރުވާ ދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ ދ. އަތޮޅަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގުގުރައި ހޮނު އެޅުމުގެ ސަބަބުން ދ. ބަނޑިދޫގެ ޕޮލިސް ސްޓޭޝަނުގައި ބޭނުންކުރާ ބައެއް އިލެކްޓްރޯނިކް ސާމާނުތައްވެސް ހަލާކުވެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ